ޔާމީންގެ މަރުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި ---

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތުކުރާ މީހުންގެ ޝަރީއަތް މިއަދު ބޭއްވުމަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މިއަދު މެންދުރު ފަހު 3:00 އަށް އެ ޝަރީއަތް ތާވަލުކުރި އެވެ. ނަމަވެސް ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ނުބުނެ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު އަނިޔާވެރި ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޔާމީން ރަޝީދު މަރާލާފައިވާ އިރު އެކަމުގައި ބައިވެރި ކަމަށް ތުހުމަތުކޮށް އަށް މީހަކު ވަނީ ހައްޔަރުކޮށް ދައުވާ އުފުލައިފަ އެވެ.

އެ މައްސަލާގައި މީގެ ކުރިން ދެ އަޑުއެހުމެއް ސިއްރުން ބާއްވާފައިވާ އިރު އަށް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

އޭގެތެރެ އިން ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ކުދެހިގޭ ހަސަން ޝިފާޒް ވަނީ ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުވާ ލިބޭ މ. ތާއިފް އިސްމާއިލް ރަޝީދު އާއި މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދުގެ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އިސްމާއިލް ރަޝީދު އާއި ޒިޔާދުގެ ވަކީލުން ވިދާޅުވީ ޔާމީން ރަޝީދު މަރާލުމަށް އެ ދެ މީހުން ކުރީ ކޮން އަމަލެއްކަން ދައުވާ އިން އެނގެން ނެތް ކަމަށެވެ.

comment ކޮމެންޓް