2040 އަންނަންވާއިރަށް އެމެރިކާގައި ދެވަނައަށް އެންމެ މީހުން ގިނަ ދީނަކަށް ވާނީ އިސްލާމްދީން

ދެހާސް ސާޅީސް ވަނަ އަހަރު އަންނަންވާއިރަށް އެމެރިކާގައި ދެވަނައަށް އެންމެ މީހުން ގިނަ ދީނަކަށް ވާނީ އިސްލާމްދީން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގައި މިހާރު 3.45 މިލިއަން މުސްލިމުން ދިރިއުޅެއެވެ. މިއީ އެގައުމުގެ އާބާދީގެ 1.1 ޕަސެންޓެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ 2040 އާ ހަމައަށް ދާއިރު އެމެރިކާގައި 8.1 މިލިއަން މުސްލިމުން ދިރިއުޅޭނެ ކަމަށެވެ. އެއީ އާބާދީގެ 2.1 ޕަސެންޓު ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމެރިކާގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ލައްކައެއްހާ މީހުން އިސްލާމްވާކަމަށް ޚަބަރުތައް ބުނެއެވެ. މިއާއެކު އެގައުމުގައި ދެވަނައަށް އެންމެ މީހުންގިނަ ދީން ކަމަށްވާ ޔަހޫދީ ދީން ފަހަތަށް ޖައްސާލުމަށްފަހު ދެވަނައަށް އެންމެ މީހުން ގިނަ ދީނަކަށް އިސްލަމްދީން ވެގެންދާނެއެވެ.

އެމެރިކާގައި އެންމެ ގިނަ މީހުން ގަބޫލު ކުރާ ދީނަކީ ކްރިސްޓިއަން ދީނެވެ. އެގައުމުގެ 70.6 ޕަސެންޓަކީ ނަސާރާއިން ނުވަތަ ކްރިސްޓިއަނުންނެވެ.

comment ކޮމެންޓް