ރޭޕްގެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގު ކުރަން އެމްޑީޕީން ގޮވާލައިފި

ރޭޕް އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އިންސާފުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ރޭ ވަނީ ގދ. ތިނަދޫ އިން މީހަކު ހައްޔަރުކޮށްފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ފުލުހުން މީޑިއާއަށް ޖަވާބު ދާރީ ނުވެ، ހިމޭނުން ތިބުމަކީ ރޭޕް ކުރުން ފަދަ އަމަލުތަކަށް ދެވޭނެ ހިތްވަރެއް ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް އެމްޑީޕީން ގޮވާލާފައި ވަނީ ރޭޕް ފަދަ އަނިޔާތައް ތަހައްމަލަކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އޯގާތެރިކަމާ އެކު އެމީހުންގެ އެންމެހައި ކަންކަން ބެލޭނެ އިންތިޒާމް ހަމަ ޖައްސައިދިނުމަށެވެ.

comment ކޮމެންޓް