ނިދި މަދުވުމުން ވެސް ޑިޕްރެޝަނަށް މަގުފަހިވޭ

ރޭގަނޑު ހަމަނިދި ނުލިބޭ މީހުންނަކީ ޑިޕްރެޝަނާއި އެންޒައިޓީގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮންނަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ރޭގަނޑުގެ ހަމަ ނިދި ނުލިބުމަކީ މީހާގެ ސިކުނޑީގައި "ނެގެޓިވް ތޯޓްސް" ގިނަވެ، އޭގެ ސަބަބުން އުޅުމަށްވެސް އަސަރު ކުރާނެ ކަންތައް ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ޖާނަލް އޮފް ބިހޭވިއާ ތެރަޕީ އެންޑް އެކްސްޕެރިމެންޓަލް ސައިކިއެޓްރީގައި ޝާއިއުު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ރޭގަނޑު ނުނިދި އޮންނަ އިރު މީހާގެ ސިކުނޑިއަށް ވެރިވާ ނެގެޓިވް ހިޔާލުތަކަކީ މީހާ ދެރަވެ، އެކަމުގެ ސަބަބުން ވިސްނުން އިތުރުވެ، އެންޒައިޓީ އަދި ޑިޕްރެޝަނަށް މަދުވާނެ ކަންތައް ކަމަށެވެ.

އެ ދިރާސާގައި 52 މީހުން ބައިވެރިކޮށްފައިވާ އިރު އެމީހުންގެ ނިދުމުގެ އާދަ ހުންނަ ގޮތާއި، ލޮލުގެ ހަރަކާތްތައް މޮނީޓާކޮށް ތަފާތު ސުވާލުތައް ކޮށްގެން އިންޓަވިއު ނަގާ ހަދާފައިވެއެވެ.

އޭގެ ނަތީޖާ ދައްކާގޮތުން ރޭގަނޑު އަށް ގަޑިއިރުގެ ނިދި ނުލިބޭ މީހުންނަކީ އިމޯޝަނަލް ފޮޓޯތަކަށް ބަލާ މީހުންނެވެ. އޭގެ ސަބަބުން އެމީހުން އިމޯޝަނަލީ އެ ފޮޓޯތަކާ އެޓޭޗްވެ، ޑިޕްރެޝަނަށް މަގުފަހި ވަނީއެވެ. އެގޮތަށް ދިމާވަނީ ނެގެޓިވް ނޫނީ އިމޯޝަނަލް ފޮޓޯތަކަށް ބަލައިގެން އެކަމާމެދު ވިސްނައި ހަދާތީ ކަމަށާއި ނެގެޓިވް ވިސްނުމަކީ އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް ހުޅުވޭ ދޮރެއް ކަމަށް ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެލެއްވި ޕްރޮފެސާ މެރެޑިތު ކޯލްސް ވިދާޅުވެފައިވެއެވެ.

މި ދިރާސާ ކުރެއްވި ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ ނިންޖަށް ހޭދަވާ ވަގުތާއި މީހުންގެ ސައިކޮލަޖިކަލް މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށެވެ.

(އިންޑިޕެންޑެންޓްް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު