ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

އއ. ތޮއްޑޫ --- ސަން ފައިލް ފޮޓޯ/ އަހުމަދު ޝަރުވާން

އއ. ތޮއްޑޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

ތޮއްޑޫގައި ހިނގި އެކްސިޑެންޓާ ގުޅޭގޮތުން އެރަށު ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު 13:30 ހާއިރު ކަމަށާއި އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

"މިއަދު މެންދުރު ފަހު އެ އެކްސިޑެންޓް ހިނގީ. މައުލޫމާތު ލިބެނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެން ކަމަށް އެކްސިޑެންޓް ހިނގީ. މަންޒަރުދުށް މީހުން ބުނީ ޕިކަޕުގެ ދޮރުފަތުގައި ކަމަށް ސައިކަލު އައިސް ޖެހުނީ،" ނިއުޝާ ވިދާޅުވިއެވެ.

އެކްސިޑެންޓާ ގުޅިގެން ފުުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ގދ. ނަޑެއްލާ، އަތަމާގެ، އިބްރާހިމް ނާފިޒެވެ. އެ ޒުވާނާގެ ކަންފަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ނާފިޒްއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައެވެ.

comment ކޮމެންޓް