"މައިމީހާގެ ގާތުންދޭ ކިރުގެ 88 ޕަސެންޓަކީ ފެން"

ކުޑަ ކުދިންނަށް އުމުރުން ހަ މަސްވަންދެން މައިމީހަގެ ގާތުން ދޭ ކިރުގެ އިތުރުން އިތުރުު ކާނާ އެއް ދިނުން އެދެވިގެން ނުވާ ކަމަށް ކުޑަކުދިންގެ ޑޮކްޓަރުން ވިދާޅުވޭ---

ކުޑަ ކުދިންނަށް އުމުރުން ހަ މަސްވަންދެން މައިމީހާގެ ގާތުން ދޭ ކިރުގެ އިތުރުން އިތުރުު ކާނާއެއް ދިނުން އެދެވިގެން ނުވެ އެވެ. ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވެސް ފެށުނީއްސުރެ ދައްކަވަނީ މި ވާހަކަ އެވެ.

ނަމަވެސް ކުޑަކުދިންނަށް މައިމީހާގެ ގާތުން ދިނުމުގެ އިތުރުން ފެން ފަދަ ދިޔާ އެއްޗެހި ދޭތަން ވެސް ފެނެ އެވެ. ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑޭނިއަލް ސްޓްރިންގާ ވިދާޅުވާ ގޮތުގައި މައިމީހާގެ ގާތުންދޭ ކިރުގައި ކުއްޖާ އަށް ބޭނުންވާ ނިއުޓްރިޝަންގެ ހުރިހާ ބާވަތެއް އެކުލެވެ އެވެ. އަދި ކުއްޖާގެ އުމުރުން ހަ މަސް ވަންދެން އިތުރު އެހެން ކާނާއެއް ދޭން ނުޖެހޭ ވަރަށް ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ މާޢްދާތައް މައިމީހާގެ ގާތުންދޭ ކިރުން ލިބޭ ކަމަށް ވެސް ޑޭނިއަލް ވިދާޅުވެފައިވެ އެވެ.

"ބޮޑެތި މީހުންނަށް ފެން ބޭނުންވާހެން ކުޑަކުދިންނަކަށް ފެން ބޭނުމެއް ނުވޭ. މައިމީހާގެ ގާތުންދޭ ކިރުގެ 88 ޕަސެންޓަކީ ފެން. ފަހަރުގައި މިއީ ގިނަ ބަޔަކަށް ނެނގޭ ކަމަކަށް ވެސް ވެދާނެ،" ޑޭނިއަލް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ކުދިންގެ އުމުރުން ހަ މަސް ވުމުގެ ކުދިން ފެން ފަދަ ދިޔާ އެއްޗެހި ދޭނަމަ އެކުދިންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

ޑޭނިއަލް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން ކުޑަކުއްޖާ އަށް ފެން ދިނުމަކީ އިންޓޮކްސިކޭޓްވެ، އޭގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށް ވެސް ނުރައްކާ ކުރުވާނެ ކަމެކެވެ.

ޑޭނިއަލް ވިދާޅުވާ ގޮތުގައި އުމުރުން ހަ މަހުގެ ކުދިންނަށް ވެސް ދޭންވާނީ 24 ގަޑިއިރު ތެރޭ 360 މިލި ލީޓަރު (ދެ އައުންސް)ގެ ފެނެވެ. ކުއްޖާއަށް ފެންދޭ މިންވަރު އިތުރު ކުރަންވާނީ އުމުރުން އަހަރު ވުމުން ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ވަޒީފާ އަށްދާ މައިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ވަޒީފާގައި އުޅޭ ވަގުތުގައި ވެސް ކުއްޖާ އަށް ދޭނެ ކިރު ނަގާފައި ރައްކާތެރި ގޮތުގައި ބެހެއްޓުމަށެވެ. ދަރިފުޅުގެ ފުރިހަމަ ސިއްހަތަށް ސިއްހީ މާހިރުންގެ ލަފާ ހޯދުން ވެސް މުހިއްމެވެ.

(އިންޑިޕެންޑެންޓް)

comment ކޮމެންޓް