ތަލަވުމަށް ހައްލެއް ހޯދަން ކުރާ މަސައްކަތް ގާތްގަނޑަކަށް ކާމިޔާބު ވެއްޖެ

ބޮލުން އިސްތަށިފައިބައި، ބޯ ތަލަ ވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އުމުރުގެ ކުރީކޮޅު ވެސް މާ ގިނައިން އިސްތަށި ފޭބުމުގެ ސަބަބުން ބައެއް މީހުންގެ ބޯ އެއްކޮށް ތަލަވެ އެވެ.

ސިއްހީ މައްސަލައެއްގެ ސަބަބުން ވިޔަސް އެނޫން ކަމެއްގެ ސަބަބުން ކަމަށްވީ ނަމަވެސް ބޮލުން އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެފައިތިބި އަދި އެކަމަށް ހައްލެއް ބޭނުންވާ މީހުންނަށް އުފާވެރި ހަބަރެއް މިއޮތީ އެވެ.

ޖަނަވާރުގެ ސްޓެމް ސެލް ބޭނުންކޮށްގެން ހަން އުފައްދައި އެ ބޭނުންކޮށްގެން އާޓިފިޝަލް އިސްތަށި ފެޅުވުމަށް ކުރާ މަސައްކަތުގައި ކުރި ލިބިފައިވާ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ސައިންޓިސްޓުން ވަނީ އިއުލާނުކޮށްފަ އެވެ. އިންސާނުންގެ ހަމުގައި 20 ސެލް އެކުލެވޭ އިރު މި އީޖާދު ކުރަން ބޭނުންކުރި މޮޑެލްގައި އެކުލެވެނީ ތިނެއް ނޫނީ ފަސް ސެލް އެވެ.

މި ސްޓެމް ސެލް ތެރަޕީއަކީ މުސްތަގުބަލުގައި ބޮލުން އިސްތަށި ފައިބާ މީހުންނަށް ދެވޭނެ ފަރުވާއެއް ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ކުރިން ވެސް އިސްތަށި ފެޅުވުމަށް ސައިންސްވެެރިން ވަނީ އެމީހުންގެ ލެބުތަކުގައި ގިނަ އެކްސްޕެރިމެންޓްތަކެއް ކޮށްފަ އެވެ. ނަމަވެސް މިފަހަރު މި ލިބުނު ނަތީޖާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ޔަގީންކަމާ އެކު ދެވޭނެ ފަރުވާއެއް ކަމަށް ބެލެވެ އެވެ.

މި އީޖާދާ އެކު އިންސާނުން ބޭނުން ކުރުމަށް އުފައްދާ ބައެއް ޕްރޮޑަކްޓްތައް ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ ބަދަލުގައި މި ސްޓެމް ސެލްގައި ފަޅުވާ އިސްތަށީގައި ޓެސްޓް ކުރެވޭނެ އެވެ.

މައުލޫމާތު: ޑެއިލީ މެއިލް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު