މި އަލާމަތްތައް ފެނޭތަ؟ ކިޑްނީ ފެއިލްވެފައިވާ ކަމަށް ވެދާނެ

ކިޑްނީ ފެއިލްވުމަކީ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ވޭނީ ބައްޔެއް---

ކިޑްނީ އަކީ އިންސާނާ ދިރި ހުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ގުނަވަނެވެ. މީހާ ހެލިފެލިވެ އުޅުމަށް އެންމެ އިސް ރޯލެއް އަދާ ކުރާ އެއް ގުނަވަނަކީ ވެސް ކިޑްނީ އެވެ.

ކިޑްނީ ފެއިލްވުމަކީ މިއަދު ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ވޭނީ ބައްޔަކަށްވާ އިރު ކިޑްނީ ފެއިލް ވުމުގެ އަލާމާތްތައް ފެނުމުން ގިނަ ބަޔަކު ސަމާލުކަމެއް ނުދެ އެވެ. ކުޑަ މައްސަލައެއް ކަމަށް ހިތާ އަޅާނުލާ މީހުން ވެސް މަދެއް ނޫނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ކިޑްނީގެ ބަލި ޖެހިފައިވާ މީހެކެވެ. ކަން މިހެން އޮތް އިރު އެ ބަލިން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭންޖެހެ އެވެ.

ކިޑްނީ ފެއިލް ވެފައި ހުރި ކަމުގެ އަލާމާތްތައް:

ކުޑަކަމު ދިޔުން މަދުވުން

މޭގައި އާދަޔާ ހިލާފަށް ރިއްސުން

ނޭވާ ކުރިއާ ބަލާފައި މާ ބޮޑަށް ކުރުވުން

ހޫނު ތަނެއްގައި ވެސް މާބޮޑަށް ފިނި އިހުސާސް ވުން

އެނބުރުން އަރައި ހޮޑުލެވުން

ހަށިގަނޑު އާދަޔާ ހިލާފަށް ކެހުން

ކުޑަކަމުދާއިރު ލޭ ހުރުން

ފައިތިލަ، ތަނބިކަށި، ފައި ދުޅަވުން

ކާ އެއްޗެހީގައި ނުބައި ރަހަލުން/ ދަގަނޑު ރަހަ ހުރުން

ފިތް ނެގުން

ލޭ އާދަޔާ ހިލާފަށް ހަށިގަނޑުން މަދުވުން

މަތީގައި ބަޔާންކޮށްފައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާށެވެ. ކިޑްނީ ފެއިލްވުމުން ސަލާމަތްވުމަށް ގިނައިން ފެން ބުއިމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާށެވެ.

މައުލޫމާތު: ހެލްތު ލައިން، ލައިފް އޮޕްޝަންސް

comment ކޮމެންޓް