ތުޅާދޫގައި ޕިކަޕެއް ފަހަތަށްޖައްސަން އުޅުމުގެ ތެރޭގައި މޫދަށް ވެއްޓިއްޖެ

ބ. ތުޅާދޫ

ބ. ތުޅާދޫ ބަނދަރު މަތީގައި ފަހަތަށް ޖައްސަން އުޅުނު ޕިކަޕެއް މޫދަށް ވެއްޓިއްޖެއެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު "ސަން" އަށް ވިދާޅުވީ ބަނދަރުމަތިން ދަތުރެއްގައި ދަނިކޮށް ޕިކަޕު މޫދަށް ވެއްޓުނީ މިއަދު ހަވީރު 6:00 ޖަހާކަންހާއިރު ފަހަތަށްޖައްސަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުކުރެވިގެން ކަމަށެވެ.

"ޕިކަޕު ބަނދަރު މަތީގައި ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުކުރެވިގެން ވެއްޓުނީ މޫދަށް. އޭރު ޕިކަޕުގައި އިންނީ ޑްރައިވަރު އެކަނި. ވެއްޓުމާއެކު އޭނާ ވަނީ ދޮރު ހުޅުވައިގެން މައްޗަށް އަރާފަ. އޭނާ އަށް އެއްވެސް ގެއްލުމެއް ނުވޭ." އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕިކަޕު މޫދަށް ވެއްޓުމާއެކު މާގިނަ އިރުތަކެއް ނުވަނީސް ކެރޭނުގެ އެހީގައި އެއްގަމަށް ނަގާފައިވާ ކަމަށާއި ޕިކަޕަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު