ހަށިގަނޑުގެ ބޮޑުބައެއް ޕެރައިޒްވުމުން ވެސް ހިތްވަރާ އެކު މަސައްކަތްކުރާ ޕްރިންސިޕަލް

އުމާ-- ހަސިގަނޑުގެ ބޮޑުބައެއް ޕެރަލައިޒްވި ނަމަވެސް ހިތްވަރާއެކު މަސައްކަތް ކުރޭ

އުމުރުން 64 އަހަރުގެ އުމާ ޝަރުމާ އަކީ ހަޔާތުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ހިތްވަރާ އެކު މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އިންޑިއާގެ ޝަހާރަންޕޫރަށް ނިސްބަތްވާ އުމާއަކީ ހަށިގަނޑުގެ ބޮޑުބައެއް ޕެރަލައިޒްވެފައިވާ މީހެކެވެ. ނަމަވެސް އެ ގޮމްޖެހުމާ އެކު ވެސް އޭނާގެ ވަޒީފާ ބަރާބަރަށް އަދާކުރެ އެވެ. އޭނާ އަކީ ސްކޫލެއްގެ ޕްރިންސިޕަލެެވެ.

އުމާގެ ހަށިގަނޑުން ބައެއް އެންމެ ފުރަތަމަ ޕެރަލައިޒްވީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު އޭނާގެ ހާލަތު އިތުރަށް ގޯސްވި އެވެ. ނަަމަވެސް ޒަމާނީ ޓެކްނޮލަޖީގެ އެހީގައި އޭނާ އަދިވެސް ދަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާކުރަމުންނެވެ.

ސްކޫލުގައި ހަރުކޮށްފައިވާ ސީސީޓީވީތަކާ ގުޅާލެވިފައިވާ ޓެބްލެޓެއްގެ އެހީގައި އުމާ ގޭގައި އޮވެގެން ސްކޫލުގައި ހިނގާ ނުހިނގާ ބަލަ އެވެ. ޓީޗަރުންނާ ވާހަކަ ދައްކައި ހަދަ އެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި ދަރިވަރުންނާއި ޓީޗަރުން ގެއަށް ގެނެސްގެން ވެސް ބައްދަލުކުރެ އެވެ.

"އަހަރެން އެއްކޮށް ޕެރަލައިޒްވުމުން ވެސް މިކަން ދޫކޮށްލާ ހިތެއް ނުވި. ކޮންމެ ހާލެއްގައި ވެސް މިކަން ކުރަން ބޭނުންވީ. ޓެކްނޮލަޖީގެ އެހީގައި ސްކޫލެއް މެނޭޖު ކުރުމަކީ އުނދަގޫ ކަމަކަށް ނުވި،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އުމާ ބުނެފައިވެއެވެ.

އުމާ އަށް ދިމާވި ސިއްހީ މައްސަލައާއެކު އެނާ އެންމެ ފުރަތަމަ ކުރި ކަމަކީ ސްކޫލާއި ގޭގައި ޑިޝް އެންޓަނާތަކެއް ހަރު ކުރުމެވެ. 1992 ވަނަ އަހަރު އޭނާ އުފެއްދި ސްކޫލު މެނޭޖު ކުރުމަށް ލިބުނު އެންމެ ބޮޑުު ލުޔަކީ މިއެވެ.

އުމާގެ ސްކޫލުގައި 25 ޓީޗަރުން އުޅޭއިރު އެ ހުރިހާ ޓީޗަރުން ވެސް ސީދާ އުމާއާ ވާހަކަ ދައްކައިހަދަ އެވެ. އުމާގެ ހިތްވަރު ސްކޫލުގެ ހުރިހާ މުވައްޒަފުން ވެސް ފާހަގަކުރެއެ ވެ.

ހަށިގަނޑުގެ ބޮޑުބައެއް ޕެރަލައިޒްވެފައިވާ އުމާ އަކީ އެކަނިވެރިއެއް ވެސް މެ އެވެ. އެނާގެ ފިރިމީހާ އާއި ދެ ދަރިން ވެސް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް