ޓެލެގްރާމްގައި މިހާރު ތިން އެކައުންޓެއް ބޭނުންކުރެވޭނެ

ޓެލެގްރާމް އެޕްލިކޭޝަން --

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ޓެލެގްރާމަކީ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ގިނަ ބައެއްގެ ފޭވަރިޓް އެޕް ވެސް މެ އެވެ.

ޓެލެގްރާމް އަޕްޑޭޓްކޮށް މިހާރު ޓެލެގްރާމްގައި ތިން އެކައުންޓްއެއް ހެދިދާނެ އެވެ. އަދި 4.7 ވާޝަންގެ ފޯނަށް އެޅުމުން ޓެލެގްރާމް އިތުރަށް ފުރިހަމަ ވީ އެވެ. އަޕްޑޭޓް މެސެޖް ފޯނަށް އައުމުގެ ކުރިން ގޫގްލް ޕްލޭ ސްޓޯ އަށް ވަދެ އަޕްޑޭޓް ކޮށްލާށެވެ.

ޓެލެގްރާމްގައި ތިން އެކައުންޓެއް ބޭނުން ކުރި ކަމުގައި ވިޔަސް ވެސް ބޭނުން ކުރާ ނުވަތަ އަލަށް ހަދާ ކޮންމެ އެކައުންޓެއްގެ ފޯނު ނަމްބަރު ތަފާތު ވާން ޖެހެ އެވެ. އެންޑްރޮއިޑް ފޯނުތަކަށް ތިން އެކައުންޓް ސަޕޯޓް ކުރިކަމުގައި ވިޔަސް އަދި އެޕަލް ފޯނުތަކަށް ތިން އެކައުންޓް އެއް ސަޕޯޓެއް ނުކުރެ އެވެ.

ޓެލެގްރާމްގައި މިހާރު ތިން އެކައުންޓެއް ބޭނުންކުރެވިދާނެ--

ޓެލެގްރާމްގެ 4.7 ވާޝަންގެ އާ ކަމަކީ ވަކިވަކި މެސެޖުތަކަށް ޖަވާބުދިނުމުގައި އެ ފޮނުވައި ނުވަތަ ލިބޭ މެސެޖެއްގައި އިނގިލި ޖައްސާލުމަށް ފަހު ވާތް ފަރާތަށް ކަހާލުމުން އެ މެސެޖަކަށް ޖަވާބުދާރީވާން ޖެހޭ މަގު ތަނަވަސްވުމެވެ.

ޓެލެގްރާމް ފާހަގަ ކުރެވިފައި އޮންނަނީ ރައްކާތެރި، އަދި ވަރުގަދަ ސެކިއުރިޓީ ސިފަތަކަކާ އެކު މެސެޖް ކުރެވޭ އެޕްލިކޭޝަނެއްގެ ގޮތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު