ތޫފާން އޯޗީގައި ގެއްލުނު މަސްބޯޓުތައް ހޯދުމަށް އެމްއެންޑީއެފް އިން އެހީތެރިވެދެނީ

ތޫފާން އޯޗީގައި ގެއްލުނު ބޯޓުތައް ހޯދުމަށް އެމްއެންޑީއެފް އިން އެހީތެރިވެދެނީ--- ފޮޓޯ/ އެމްއެންޑީއެފް

ތޫފާން ގުޅިގެން އިންޑިއާއިން ގެއްލުނު މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މަސްބޯޓުތައް ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓުގާޑުން ކުރިއަށް ގެންދަނީ ސަރުކާރުގެކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކަމަށާއި މަސް ބޯޓު ހޯދުމުގެ މަސައްކަތް އިންޑިއާގެ ކޮމާޝަލް އަށް ބޯޓެއް 36 މީހުންނާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ކަނޑުމަތިން ހާލުގައި ޖެހިފައިވާ މަސްބޯޓެއް ފެނޭތޯ ބައްލަވައި ދެއްވުމަށާއި މިފަދަ އުޅަނދެއް ފެނިއްޖެ ނަމަ ލަސްނުކުރައްވާ ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.

ތޫފާން އޯޗީގައި ގެއްލުނު ސްރީ ލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފް އިން ވަނީ މި މަހުގެ ތެރޭގައި ހޯދައިފަ އެވެ.

comment ކޮމެންޓް