ތިން މަސް ނުވަނީސް އާސަންދަ ޚިދުމަތްދޭން ހުށަހެޅޭ ގޮތް ހަދައިފި

ޏ. އަތޮޅު ހޮސްޕިޓަލްގައި މީޙަކު ޑޮކްޓަރަށް ދައްކަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިއްހީ ޚިދުމަތްދޭ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުމަށްޓަކައި، ރަޖިސްޓްރީ ކޮށްގެން ޚިދުމަތްދޭތާ ތިން މަސް ދުވަސް ނުވަނީސް އާސަންދަ ޚިދުމަތް ދިނުމަށް ހުށަހެޅޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އާސަންދަ ސްކީމް ހިންގުމާ ބެހޭ ގަވާއިދުގައި މީގެ ކުރިން ބުނެފައިވާ ގޮތުން، ސްކީމުގެ ދަށުން ޚިދުމަތް ދޭން އެދޭ މީހުންގެ ތެރޭގައި ހުންނަންޖެހޭ ޝަތުރުތަކުގެ ތެރޭގައި، އެތަނަކީ ރަޖިސްޓްރީކުރުމަށްފަހު ޚިދުމަތް ދޭތާ ތިން މަސް ދުވަސް ވެފައިވާ ތަންތަނަށް ވާންޖެހެއެވެ.

އެއީ އާސަންދަ ހިންގުމާ ބެހޭ ގަވައިދުގެ ހަވަނަ މާއްދާގެ (ފ) އެވެ.

ނަމަވެސް އެ ގަވައިދަށް މިއަދު ގެނައި އިސްލާހެއްގައި ވަނީ، އެ ގަވައިދުގެ ހަވަނަ މާއްދާގެ (ފ) އުވާލައިފައެވެ.

comment ކޮމެންޓް