ފުނަދޫގައި ގޭސް ލީކުވެގެން ބިދޭސީއަކު ފިހިއްޖެ

ށ. ފުނަދޫ

ށ. ފުނަދޫގައި ގޭސް ލީކުވެފައި ހުރި އުނދުނެއް ރޯކުރަން އުޅުނު މީހަކު ފިހިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" ވިދާޅުވީ މިއަދު ހަވީރު ފުނަދޫގެ ގެއެއްގައި އުނދުނެއް ރޯކުރަން އުޅެނިކޮށް ރޯވެ، ފިހުނީ ބިދޭސީއެއް ކަމަށެވެ.

އެއީ ބަނގުލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހާލު މާ ސީރިއަސް ނޫން ކަމަށާއި، އޭނާ "ސްޓޭބަލް" ކަމަށެވެ.

އެމީހާއަށް ށ. އަތޮޅު ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް