ސުނީތާ އާ ޕްރިޔަންކާ އަނެއްކާ ވެސް ބައްދަލުވެއްޖެ

ސުނީތާ އާއި ޕްރިޔަންކާ ގްރޫޕް ފޮޓޯއެެއްގައި --

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭނަކީ ސުނީތާ އަލީ ކަން ޔަގީނެވެ. އެކަން ސުނީތާ ވަނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޔަގީންކޮށްދީފަ އެވެ.

އަނެއްކާ ވެސް މިއޮތީ ސުނީތާ އާއި ޕްރިޔަންކާގެ ވާހަކައެކެވެ. ޕްރިޔަންކާގެ ހާޢްސަ ދައުވަތަކަށް މިހާރު އިންޑިއާ އަށް ގޮސްހުރި ސުނީތާ މިރޭ ވަނީ ޕްރިޔަންކާ އާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ސުނީތާ ވަނީ ޕްރިޔަންކާގެ އެހެން ފޭނުންގެ ފަރާތުން ބައެއް ހަދިޔާ ޕްރިޔަންކާ އަށް ރައްދުކޮށްދީފަ އެވެ.

ޕްރިޔަންކާ އާ އެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށް ހިންދީ ބަހުން ސުނީތާ ބުނެފައި ވަނީ "ފޭނަކުން އެކުވެރިއަކަސް ބަދަލުވެއްޖެ. ކީކޭ ބުނާނީ، އެކަކު ގަބޫލު ކުރިއަސް ނުކުރިއަސް ޕްރިޔަންކާ އަކީ ހަމަ އެއްވަނަ" ކަމަށެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ޕްރިޔަންކާ އާއި ސުނީ ވަނީ ބައްދަލުވެފަ އެވެ. އެއީ 2015 ވަނަ އަހަރު ފެށުމަށް ބޭއްވި ޝޯގެ ތެރެއިންނާއި ޕްރިޔަންކާ ބައިވެރިވި ހަފްލާއެއްގެ ހަވާސާގަ އެވެ. މީގެ އިތުރުން ޕްރިޔަންކާ އަށް ހާއްސަކޮށްގެން ސުނީތާ ވަނީ އެކި ފަހަރުމަތިން ޓްރިބިއުޓްތައް ވެސް ދީފަ އެވެ. އެ ޓްރިބިއުޓްތައް ޕްރިޔަންކާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ސުނީތާ އަކީ މީހަކު ކިޔާ ފާޑަކަށް ނުބަލާ، ހުވަފެންތައް ސީދާ ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރާ ކަނބަލެކެވެ.

comment ކޮމެންޓް