ހުސްހަށިބައި މީހުންނަށް ވުރެ ކައިވެނި ކޮށްގެން އުޅޭ މީހުން މާ އުފާވެރި

ހުސްހަށިބައި މީހުންނަށް ވުރެ ކައިވެނި ކޮށްގެން އުޅޭ މީހުން މާ އުފާވެރި ކަމަށް އާ ދިރާސާ އަކުން ދައްކައިފި އެވެ.

ޖާނަލް އޮފް ހެޕިނެސް ސްޓަޑީސްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ކައިވެނި ކޮށްގެން އުޅޭއިރު ލިބޭ ހިތްހަމަ ޖެހުމުގެ ތެރޭގައި ހަރަދުތައް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ސަބަބުން ލިބޭ "މާލީ ހިތްހަމަ ޖެހުން" ހިމެނޭ ކަމަށެވެ.

ދެމަފިރިންނަކީ ވެސް ވަޒީފާގައި އުޅޭ ދެމީހުން ނަމަ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައި ދިރިއުޅުމަށް ބޭނުންވާ މުހުތާދުތައް ފުއްދުމަށް ފަސޭހަވެ އެވެ. މީގެ އިތުރުން އެކަނި ވުމުގެ ބިރު ދުރުކޮށްދީ، އަބަދު ވެސް އެކުގައި މީހަކު ހުންނާނެ ކަމުގެ ޔަގީންކަން ހިތުގައި އޮވެ އެވެ.

މެދު އުމުރަށް ދާއިރު ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ލިބޭ ހިތްހަމަ ޖެހުން އިތުރުވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ހަޔާތުގެ ބައިވެރިޔާ އަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކިގެން އުޅޭ ނަމަ މި ހިތްހަމަޖެހުން އިތުރުވާ ކަމަށާއި މި ގާތް ގުޅުމުގެ ސަބަބުން ދެމަފިރިންނަށް ވެސް ލިބޭ އުފާވެރިކަން އިތުރުވާނެ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. ސަބަބެއްކަމަށް ފާހަގަކޮށްފައި ވަނީ އެކަކު އަނެކަކަށް އަޅާލާނެ އޯގާތެރިއަކު ކައިރީގައި ހުރުމާއި ކަންކަން ހިއްސާކޮށް "ކެއާ ޓޭކާ" އެއްގެ ގޮތުގައި އަބަދު ވެސް ކައިރީ މީހަކު ހުންނާނެ ކަމުގެ ހިތްހަމަ ޖެހުން ލިބުމެވެ.

(އިންޑިޕެންޑެންޓް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު