މާމިގިލީ ބަނދަރު ތަރައްގީ ކުރާ ސަރަހައްދުގެ އިންފާރު ވައްޓާލައިފި

މާމިގިލީގައި ވިޔަފާރި ބަނދަރު ތަރައްގީކުރާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހަން ތައްޔާރުކޮށްފައިވަނިކޮށް އެތާނގެ ވަށާފާރު ވައްޓާލާފަ---

އދ. މާމިގިލީގައި ވިޔަފާރި ބަނދަރު ތަރައްގީކުރާ ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހަން ތައްޔާރުކޮށްފައިވަނިކޮށް އެތާނގެ ވަށާފާރު ވައްޓާލައިފިއެވެ.

މާމިގިލި ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު ސަން އަށް ވިދާޅުވީ، ވަށާފާރު ވައްޓާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ކޮންޓްރެކްޓަރު އަޅުގަނޑުމެންނަށް އެކަން އެންގީމަ މިހާރު ފުލުހުންނަށް ވާނީ ރިޕޯޓުކޮށްފަ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ، އެ ފާރަކީ ބަނދަރުގެ އިންފާރު ވަކިކުރުމަށް ބައުންޑަރީ ޖެހުމަށް ރާނާފައިވާ ފާރުތަކެއް ކަމަށެވެ. އެތަން ވައްޓާލީ އޭގެ މަތިން ފެންސް ޖެހުމަށް ތައްޔާރުވެފައިވަނިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާމިގިލީ ބަނދަރަކީ 1300 މީޓަރު ދިގު ބަނދަރެކެވެ. އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ.

comment ކޮމެންޓް