ސިޓީގެ ސްޓާލިންއަށް ހަމަލާދީ ނަސްލީގޮތުން ދިމާކުރި މީހަކު ޖަލަަށް ލައިފި

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރަހީމް ސްޓާލިންއަށް ނަސްލީގޮތުން ފުރައްސާރަކޮށް، ހަމަލާ ދިން މީހެއްގެ މައްޗަށް 16 ހަފްތާގެ ޖަލުހުކުމެއް ވަނީ އިއްވާފައި -- ފޮޓޯ: ގެޓީ

މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ރަހީމް ސްޓާލިންއަށް ހަމަލާދީ ނަސްލީގޮތުން ދިމާކުރި މީހަކު ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ކާލް އެންޑަސަންގެ މައްޗަށް 16 ހަފްތާގެ ޖަލުހުކުމެއް އިއްވާފައި ވަނީ، އޭނާ ނަސްލީގޮތުން ސްޓާލިންއާ ދިމާކޮށްފައިވާތީއެވެ.

ސިޓީގެ ޓްރެއިނިންގ ގްރައުންޑްގެ ބޭރުގައި ހޮނިހިރު ދުވަހު ސްޓާލިންގްއަށްމަލާދިނީ، ރުޅި ކޮންޓްރޯލް ނުކުރެވިގެން ކަމަށް އެންޑަސަން ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ. އަދި، ނަސްލީގޮތުން ވަރަށް ހުތުރު ބަހުން، ސްޓާލިންއާ މުހާތަބުކޮށްފައި ވާކަމަށްވެސް އޭނާ ވަނީ އިއުތިރާފްވެފައެވެ. އޭނާ ވަނީ އެކަމަށް މާފަށްވެސް އެދިފައެވެ.

ކޯޓުގައި ދެއްކި ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި، އެންޑަސަން ވަނީ އޭނާގެ ވޭނުގައި ސްޓާލިންގެ ކާރާއެކު އޭނާއަށް ފާރަލަމުން ގޮސްފައެވެ. އަދި ކާރު ޕާކުކޮށްފައި ޓްރެއިނިން ގްރައުޑަށް ވަނުމަށް ސްޓާލިން ހިނގައިގަތުމުން، އެންޑަސަން ވަނީ އޭނާއާ ދިމާކޮށް، ހަމަލާވެސް ދީފައެވެ.

މި ހާދިސާއާ ގުޅިގެން ސްޓާލިންގެ ފަރާތުން ކޯޓަށް ހުށަހެޅި ބަޔާނުގައި ވަނީ، "މިފަދަ ޒަމާނެއްގައި މިގައުމުގައި މިފަދަ ކަންކަން ހިނގައިފާނޭ ކަމަށް ގަބޫލެއްވެސް ނުކުރެވޭ،" ކަަމަށެވެ.

ސްޓާލިންއަށް ހަމަލާދިން މައްސަލައިގައި ކޯޓުން ހުކުމް އިއްވަމުން ފާހަގަކޮށްފައިވާ ގޮތުގައި، ފުޓްބޯޅަ ސަޕޯޓަރެއް ކަމަށްވާ، އެންޑަސަންގެ މައްޗަށް މީގެ ކުރިންވެސް މިފަދަ ތަފާތު 37 މައްސަލައެއް ހުށަހެޅި، 25 މައްސަލައެއްގައި ހުކުމް އިއްވާފައިވާ ކަމަށެވެ.

އެންޑަސަންގެ މައްޗަށް އިއްވި 16 ހަފްތާގެ ޖަލުހުކުމުގެ އިތުރުން، އޭނާގެ މައްޗަށް ވަނީ ބަދަލުގެ ގޮތުގައި 100 ޕައުންޑުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ހުކުމްކޮށްއެވެ.

comment ކޮމެންޓް