ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީ ހޯދި ކާމިޔާބީ ޔޫތު މިނިސްޓްރީން ފާހަގަކޮށްފި

ރިޝްމީގެ ކާމިޔާބީ ފާހަގަކޮށް ޔޫތް މިނިސްޓްރީންވަނީ ހަނދާނީ ފިލައެއް އަރުވާފައި --- ފޮޓޯ: ޔޫތް މިނިސްޓްރީ

ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭގެ ފިލްމީތަރި އާއިޝަތު ރިޝްމީ ރަމީޒް ހޯދައިދިން ކާމިޔާބީ ޔޫތް މިނިސްޓްރީން ފާހަގަކޮށްފިއެވެ.

މިރޭ ބޭއްވި އަށްވަނަ ދިވެހި ފިލްމު އެވޯޑު ހަފްލާގައި ރިޝްމީ އަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

މިދިޔަ މަހު ސްރީލަންކާގައި ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ރިޝްމީ ހާސިލްކުރީ ފިލްމު ވިޝްކާ އިންނެވެ.

ސަރަހައްދުގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ރިޝްމީއަށް ލިބުނީ ސަރަހައްދުގެ 17 ފިލްމަކާ ވާދަކޮށްގެންނެވެ. ސާކް ފިލްމު ފެސްޓިވަލްގައި ރިޝްމީ ވަނީ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބައިވެރިވެފައެވެ. އެއީ ފިލްމު "އިންސާނާ" އަދި "މިކޮއި ބައްޕަ ބައިބައި" އިންނެވެ.

comment ކޮމެންޓް