ވިއްސާރައިގައި ގައްދޫ ކޯޓަށް ގެއްލުން ވެއްޖެ

ގައްދޫ ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރީގެ ސީލިން ވެއްޓިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ސީލިންގެ ބައެއް ވެއްޓިއްޖެ އެވެ.

ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ 'ސަން' އަށް ވިދާޅުވީ، މިއަދު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރީގެ ސީލިންގުން ބޮޑު ބައެއް ވެއްޓިފައިވާ ކަމަށެވެ.

ނަމަވެސް ކޯޓުގެ އެހެން ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައްދޫ ކޯޓުގެ ޝަރީއަތް ކުރާ ކޮޓަރީގެ ސީލިންގެ ބައެއް ވެއްޓިފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

އާމިރު ވިދާޅުވީ، ވިއްސާރައިގައި ރަށުގެ ބޮޑު ބައެއްގައި ފެންބޮޑު ވެފައިވާ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރުނެވެ. އެހެން ނަމަވެސް މިހާރު އެ އެލާޓްގެ ލެވެލް ދަށްކޮށް ވަނީ ވައިޓް އެލާޓަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް