ކާންދިނުން އުނދަގޫވުމަކީ ޖެނެޓިކްސް މައްސަަލައަކަށް ވެދާނެ

ކުދިން ބޮޑެތިވަމުން އަންނަ އިރު އެންމެ ބުރަ ކަމަކަށް ވެފައި އޮންނަނީ އެ ކުދިންނަށް ކާންދިނުމެވެ. ނޫނީ ކާން ދޭ އެއްޗެހި ކުދިންނަށް މީރު ނުވުން ނޫނީ ކަމު ނުދިޔުމެވެ.

ކުދިން "ޕިކީ އީޓާސް" އަށް ވަނީ އެކުދިންގެ ޖެނެޓިކްސްގައި ހުންނަ މައްސަލައަކުންނެވެ. މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ޔުނިވާސިޓީ އަކުން ކުރި ދިރާސާއެއްގައި ޕްރީސްކޫލު އުމުރުގެ 163 ކުދިން ބައިވެރި ކުރި އެވެ. ކުދިންގެ ބެލެނިވެރިން، އެކުދިންނަށް ކޮށްދޭ ކަންތަކާއި ކާންދޭ އެއްޗެހި އަދި އުޅެ ބޮޑުވާ މާހައުލާ ގުޅޭ ގޮތުން އެ ދިރާސާގައި ވަނީ މައުލޫމާތު އެއްކޮށްފަ އެވެ.

ކާ މޭޒު ދޮށުގައި ކުދިން ބޮޑާ ހޭކުމާއި ޖެނެޓިކްސް އާ ގުޅުން ހުރި ކަމަށް ދިރާސާ އިން ދެނެގަނެވިފައިވާ އިރު، ތަފާތު ވައްތަރުގެ ކާއެއްޗެހި ކާން ބޭނުން ވުމާއި ނުވުން ވެސް ބިނާވެގެން ވަނީ މިކަމުގެ މައްޗަށެވެ.

"މިފަދަ ކުދިންނަކީ އާދަޔާ ހިލާފަށް ފަލަވުން ނޫނީ ހިކުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކުދިން،" ދިރާސާގައި ބުނެފައިވެ އެވެ.

ސެންފްރެންސިސްކޯގެ ކުޑަކުދިންގެ ހޮސްޕިޓަލަކުން ކުރި ދިރާސާއެއްގައި ބުނާ ގޮތުން ކުޑަކުދިންގެ ކެއުން އެކުދިން ބަހައްޓަން ބެނުން ވަނީ އުޅެބޮޑުވާ މާހައުލުގައި އުޅޭ ބޮޑެތި މީހުންގެ ކެއުން ހުންނަ ގޮތަށެވެ. އެގޮތުން ކުދިންގެ އާއިލާ އާއި މައިންބަފައިން ކާ ތަކެތި އެކުދިން ވެސް ކާން ބޭނުންވާ ކަމަށާއި އެކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ކާނާ ނުކައި ބޮޑެތި މީހުން ކާ ކާނާ ބޭނުންވެދާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކުދިންނަށް ކާން ދޭ އިރު އެކުދިން ގަޔާވާނެ ފަދަ ގޮތަކަށް ކާތަކެތި ތައްޔާރު ކުރެވިދާނެ އެވެ. އެގޮތުން ގަދަ ކުލަތައް ހިމެނޭ މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމެނުމާއި ކުދިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ކާތަކެތި ޑިޒައިން ކޮށްލުން ފަދަ ކަންތައް ކުރެވިދާނެ އެވެ.

އިންޑިޕެންޑެންޓް

comment ކޮމެންޓް