"ދިވެހި އާހިތަ" ވީޑިއޯ މުބާރާތުގެ ވަނަތައްހޮވައި އިނާމް ހަވާލުކޮށްފި

"ދިވެހި އާހިތަ" ވީޑިއޯ މުބާރާތުގެ ވަނަތައްހޮވައި އިނާމް ހަވާލުކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދުނިޔޭގެ މާކެޓަށް ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަށްޓަކައި "ދިވެހި އާހިތަ"ގެ ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ މަހު ފެއްޓި ވީޑިއޯ ހެދުމުގެ މުބާރާތުގެ ވަނަތައް ހޮވައި އިނާމް ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ނައިބު ރައީސް ހުސައިން އަފީފް (ޗަންޕާ އަފީފު)އެވެ.

މުބާރާތުގެ އެންމެ މޮޅު ދިހަ ވީޑިއޯއެއް ހުށައެޅި މީހުން:

  1. ނާއިދު އަލީ
  2. އަހުމަދު ފަޒީލް
  3. މަރެކް މަރްޒެޖްކޯ
  4. އިޝާން ހަސަން
  5. ހޫދު އަހުމަދު ޒިޔާދު
  6. ފާތިމަތު ޝިޒްމީ
  7. މުހައްމަދު ސިރާޖު އަހުމަދު އަދި އަލީ ނާޒިމް
  8. އިބްރާހިމް ޝިޒާން
  9. ވިކްޓޯރިއާ ވޮޔިންކޯވާ
  10. ނާއިޒް ހަސަން

އެ މުބާރާތުން އެއްވަނައަށް ހޮވުނު ނާއިދު އަލީ އަށްވަނީ 6500 ޑޮލަރުގެ އިނާމެއް ލިބިފައެވެ.

އެއް މިނެޓުގެ ދިގުމިނަށް ހަދާފައިވާ ވީޑިއޯތައް ޖަޖުކޮށްފައިވަނީ ފޭސްބުކް އަށް އަޕްލޯޑުކޮށް އެންމެ ގިނައިން ލައިކް ލިބިފައިވާ އަދި ބަލާފައިވާ ވީޑިއޯތައް ރާއްޖޭގެ އެ ފަންނުގެ ތަޖުރިބާކާރު ތިން މީހުންގެ ޖަޖިން ޕެނަލް އަކުން ބެލުމަށް ފަހުގައެވެ.

އެމްއެމްޕީއާރުސީން، އޮންލައިން އަދި ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިކްސް ސެންސަން ލާމު އާއި ގުޅިގެން އެ މުބާރަތް ފަށާފައިވަނީ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް