އަދާރަން ގްރޫޕުން މިއަހަރުވެސް ޓްރެވަލް އޭޖެންޓުންގެ އަގުވަޒަންކޮށްފި

އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްސްގެ ފަރާތުން ޓްރެވަލް އޭޖެންޓުންގެ އަގު ވަޒަންކުރުމަށް ބޭއްވި އެނުއަލް ޕާޓީގެ ތެރޭން -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު

ޓްރެވަލް އޭޖެންޓުންގެ އަގު ވަޒަންކުރުމަށް، އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްްސް (އަދާރަން ގްރޫޕް ލިމިޓެޑް)އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "އެނުއަލް ޓްރެވަލް އެޖެންޓްސް ޕާޓީ" ބާއްވައިފިއެވެ.

އަނދާރަން ސެލެކްޓް ހުދުރަންފުށީގައި ރޭ ބޭއްވި އެ ހަފްލާގައި، ރާއްޖޭގެ ޓްރެވަލް އެޖެންސީތައް ހިންގާ ގިނަ ފަރާތްތަކާއި ޗައިނާ އެންބަސީގެ ކައުންސިލާ ޔަންގ ޔިން، އާއި އެމްބަސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ލިން ކިންއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހާރިސްވެސް ބައިވެރިވެވަޑައިގަތެވެ.

އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްސްގެ ފަރާތުން ޓްރެވަލް އޭޖެންޓުންގެ އަގު ވަޒަންކުރުމަށް ބޭއްވި އެނުއަލް ޕާޓީގެ ތެރޭން -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު

އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްސްގެ ފަރާތުން ވާހަކަދައްކަވަމުން އަދާރަން ސެލެކްޓް ހުދުރަންފުށީގެ ކޯޕަރޭޓް ޖެނެރަލް މެނޭޖަރު، ސޭލްސް އެންޑް މާކެޓިން ސުރޭޝް ދަސަނަޔަކް ވިދާޅުވީ، ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށް އެފަދަ ޕާޓީއެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެޖެންސީތަކުން ރިސޯޓުތަކަށް ފަތުރުވެރިން ގެނައުމުގައި އަދާކުރާ ދައުރާއި، ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރުން ކަމަށެވެ.

ރޭގެ އެ ޕާޓީގައި އަދާރަން ރިސޯޓުތަކަށް އެންމެ ގިނައިން ފަތުރުވެރިން ގެނައި އެޖެންސީތަށް ފާހަގަކޮށް ގޯލްޑް އެވޯޑު އަދި ޕްލެޓިނަމް އެވޯޑު ވަނީ ދީފައެވެ.

އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްސްގެ ފަރާތުން ޓްރެވަލް އޭޖެންޓުންގެ އަގު ވަޒަންކުރުމަށް ބޭއްވި އެނުއަލް ޕާޓީގެ ތެރޭން -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު

ގޯލްޑް އެވޯޑު ލިބުނު އެޖެންސީތައް:

  • ކްރައުން ޓުއާސް މޯލްޑިވްސް
  • މޫދު ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
  • ވޮޔޭޖަސް މޯލްޑިވްސް
  • އިނާ މޯލްޑިވްސް
  • ޖެޓް ލެއިޝާ މޯލްޑިްވްސް
  • ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސް
  • ކަރުސާން ޓްރެވަލްސް

ޕްލެޓިނަމް އެވޯތު ލިބުނު އެޖެންސީތައް:

  • ވިލަކްޝާ ހޮލިޑޭސް
  • ޓްރެވަލާށް ސްޓްރީޓް
  • ރިސޯޓް ލައިފް މޯލްޑިވްސް
  • ލެޓްސް ގޯ މޯލްޑިވްސް
  • އެސްޕަޔާ ހެވަންލީ ހޮލިޑޭސް

އަދާރަން މޯލްޑިވްސް އައިލެންޑް ރިސޯޓްސްގެ ފަރާތުން ޓްރެވަލް އޭޖެންޓުންގެ އަގު ވަޒަންކުރުމަށް ބޭއްވި އެނުއަލް ޕާޓީގެ ތެރޭން -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު

ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށްގެން ބޭއްވި އެ ޕާޓީގައި ތަފާތު ގައުމުތަކުގެ މިއުޒިކީ ހަރަކާތްތައްވަނީ ބާއްވާފައެވެ. އަދި އެ ޕާޓީގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތުނަގައި އަގުހުރި އިނާމްތައްވަނީ ދީފައެވެ.

comment ކޮމެންޓް