އެކްޓްރެސް ޖެކުއެލިންގެ ރެސްޓޯރެންޓެއް ސްރީލަންކާގައި ހުޅުވައިފި

ބޮލީވުޑްގެ ތަރި ޖެކުއެލިން ފާނެޑާސް އޭނަގެ ފުރަތަމަ ރެސްޓޯރެންޓް ސްރީކަންކާގައި ހުޅުވައިފި އެވެ.

ރެސްޓޯރެންޓް ހިންގުމަކީ މިހާރު ބޮލީވުޑްގެ ތަރިންގެ މެދުގައި އާންމުވަމުން އަންނަ ވިޔަފާރިއަކަށްވާއިރު ޖެކުއެލިންގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވާފައި މިވަނީ އޭނާގެ އުފަން ގައުމުގަ އެވެ.

ސްރީލަންކާގެ "ޝަންގްރިއްލާ ހޮޓެލް"ގައި ހުޅުވި އެ ރެސްޓޯރެންޓްގެ ނަމަކީ ކައެމަ ސުތުރަ އެވެ. އެ ރެސްޓޯރެންޓަކީ ލަންކާ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ކެއުންތައް ވެސް އެ ރެސްޓޯރެންޓުން ލިބެ އެވެ. ރެސްޓީރެންޓުގެ މެނޫ ތައްޔާރުކުރީ ޖެކުއެލިން އާން އާއި ސްރީ ލަންކާގެ ސެލެބްރިޓީ ޝެފް ދަރްޝަން މުނީދާސާ އާ ދެމީހުން ގުޅިގެންނެވެ. މުނީސާދާ އަކީ ލަންކާގައި މަޝްހޫރު ޝެފެކެވެ.

މެނޫގައި ހުރި އައިޓަމްތަކަށް ބަލާއިރު މަހާއި ސީފުޑްގެ ކެއުންތައް ހިމެނެ އެވެ. މީގެ އިތުރުން އެކިވައްތަރުގެ ސަމްބޯލް އާއި ބުއިންތައް ވެސް އެ ރެސްޓޯރެންޓުން ލިބެ އެވެ.

"ޖުޅްވާ 2" ެ ބަތަލާގެ އަމިއްލަ ރެސްޓޯރެންޓެއް އުފަން ގައުމުގައި ހުޅުވާފައިވާއިރު މުމްބާއީގައި ވެސް ރެސްޓޯރެންޓެއް ހުޅުވުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް