އަނުޝްކާއަށް ވިރާޓް ދިން އަނގޮޓީގެ އަގު 10 މިލިއަން ރުޕީސް

އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ. އަނުޝްކާގެ އިނގިލީގައި ވިރާޓް އަޅުވައިދިން އަނގޮޓީގެ އަގު 10 މިލިއަން ޑޮލަރަށް އަރާ---

ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ދެކެވެނީ ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑިއާގެ ކްރިކެޓް ޓިމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެނީގެ ވާހަކަ އެވެ.

ދެމީހުންގެ ކައިވެނި ސިއްރު ހަފްލާއެއްގައި ކުރިއަށް ގެންދިޔައިރު ކައިވެނީގެ ކަންތައް ވެސް ގެންދިޔައީ ވަރަށް ސިއްރުންނެވެ. އެކަމަކު ކައިވެންޏަށް ފަހު ކައިވެނީގެ ހަބަރު ޓުވިޓާ މެދުވެރިކޮށް މުޅި ދުނިޔެއަށް ހިއްސާކުރި އެވެ. އެކި ކަންކޮޅުތަކުން ދެތަރިންނަށް މަރުހަބާގެ މެސެޖުތައް އަދި ވެސް ދަނީ ފޮނުވަމުންނެވެ.

އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ވާހަކަތަކުގެ ތެރެއިން މިހާރު ފަލަ ސުރުހީގައި ދައްކަނީ އަނުޝްކާގެ އިނގިލީގައި ވިރާޓް އަޅުވައިދިން އަނގޮޓީގެ ވާހަކަ އެވެ. މި އަނގޮޓީގެ އަގު 10 މިލިއަން ރުޕީސް އަށް އަރާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

މި އަނގޮޓީއަކީ ޑައިމަންޑް އަނގޮޓިއެކެވެ. އަނުޝްކާ އަށްޓަކައި މި އަނގޮޓި ފައިނަލް ކުރުމަށް ތިން މަސް ނެގި ކަމަށް ވިރާޓް ބުނެފައިވެ އެވެ. އަނގޮޓީގެ ޑިޒައިނަރަކީ އޮސްޓްރިއާ މީހެކެވެ.

ވިރާޓް އާއި އަނުޝްކާގެ ކައިވެނި ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކައިވެނީގެ އުފަލުގައި އާއިލާ އާއި ރައްޓެހިންނަށް ބާއްވާ ރިސެޕްޝަން މިމަހު 21ގައި ނިއު ދިއްލީގައި އޮންނާނެ އެވެ. އަދި އަނުޝްކާގެ ބޮލީވުޑް އެކުވެރިންނަށާއި ވިރާޓްގެ ކްރިކެޓް ޓީމުގެ ރައްޓެހިންނަށް ހާއްސަކޮށްގެން މި މަހުގެ 26 ވަނަ ދުވަހު މުމްބާއީގައި ވެސް ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެެވެ. ދެ ތަރިން މިހާރު ތިބީ އިޓަލީގަ އެވެ.

comment ކޮމެންޓް