ތުވާލިން އިސްތަށިގަނޑު ހިއްކުން: އެންމެ ރަނގަޅު ގޮތެއް ނޫން

އިސްތަށިގަނޑު ދޮވުމަށް ފަހު އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން އިސްތަށިގަނޑު ހިއްކުމަކީ ގިނަބައެއްގެ ކަށީގައި ހިފާފައި ހުންނަ، ބަދަލު ކުރަންޖެހިފައިވާ އާދައެކެވެ.

އިސްތަށިގަނޑު ތީރިކޮށް ވަރުގަދަކޮށް ބޭއްވުމަށް ބުރަ މަސައްކަތްތަކެއް ކުރާއިރު، ތުވާލިން އިސްތަށިގަނޑު ހިއްކުމަކީ އިސްތަށިގަނޑު ހަލާކުވާނެ ކަމެކެވެ.

އެގޮތުން އިސްތަށިގަނޑުގައި ތުވާލި އޮޅާފައި ބޭއްވުމާއި އިސްތަށިގަނޑުގައި ތުވާލި އުނގުޅައިގެން ހިއްކުމަކީ އިސްތަށިތައް ބުރިވެ، ބޮލުން އިސްތަށިފައިބާނެ ކަމެކެވެ. މި އާދަ ވީހާވެސް އަވަހަކަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރާށެވެ.

އިސްތަށިގަނޑު ހިއްކަން އެންމެ ރަނގަޅީ އަމިއްލައަށް ހިކެންދެން ދޫކޮށްލާފައި ބޭއްވުމެވެ. ހެއާ ޑްރައިޔާ ބޭނުންކޮށްގެން އިސްތަށިގަނޑު ހިއްކުމަށްވުރެ ވެސް، އެންމެ ފައިދާހުރި ގޮތަކީ މިއީކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

comment ކޮމެންޓް