ވާހަކަ ދައްކައިގެން ކޮރެއާ ސަރަަހައްދަށް ހަމަޖެހުން ގެނައުމަށް ޗައިނާ އިން ގޮވައިލައިފި

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން ޗައނާގެ ރައީސް ޝީ ޖިންޕިން އާއެކު-- ފޮޓޯ: ނިއުޔޯކްޓައިމްސް

ބެއިޖިންގް (14 ޑިސެމްބަރު): އުތުރު ކޮރެއާއިން ދޭތެރެ ދޭތެރޭން ކުރަމުންދާ ނިއުކުލިއާ ޓެސްތުތަކުގެ ސަބަބުން، ކޮރެއާ ސަރަހައްދު ނުރައްކަލުގެ ތެރެއަށް ވެެއްޓި، އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުހީވެފައިވާތީވެ، ވާހަކަ ދައްކައިގެން ކޮރެއާ ސަރަަހައްދަށް ހަމަޖެހުން ގެނައުމަށް ޗައިނާއިން ގޮވައިލައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއާ މިއަދު ބޭއިޖިންގައި ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ، ކޮރެއާ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަންޖެހޭނީ ވާހަކަދައްކައިގެން ކަމަށެވެ. އަދި ވިދާޅުވީ ކޮރެއާ ސަރަހައްދުގެ ހުރިހާ ގައުމުތަކުންވެސް އެ ސަރަހައްދުން ނިއުކުލިއާ ހަތިޔާރުތައް ނައްތާލަން މަސައްކަތްކަތް ކުރަން ޖެހޭނެކަމަށާއި އަދި އެ ސަރަހައްދުގައި ހަނގުރާމައެއް ފެށުމަށް އެެއްވެސް ބަޔަކު ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

ކޮރެއާ ސަރަހައްދު އެންމެ ފަހުން ހޫނުވެގެން ދިޔައީ މިދިޔަ ޖުލައި މަހު އުތުރުކޮރެއާއިން އެންމެ އެޑްވާންސް ބެލެސްޓިކް މިސައިލްއެއް ޓެސްޓުކުރި ހިސާބުންނެވެ. އެއާއެކު އެމެރިކާއާ ބައިނަލަގްވާމީ ގައުމުތައް ގުޅިގެން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ޗައިނާއިން ބުނީ އެ ސަރަހައްދުގައި އަމަން އަމާންކަން ގާއިމްކުރުމުގެ ގޮތުން އެގައުމުން ދެކޮރެއާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އެމެރިކާއާ ދެކުނު ކޮރެއާއާ ގުޅިގެން، ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެް ގާއިމުކުރަން އުޅޭ މައްސަލައިގައި ޗައިނާއާ ދެކުނު ކޮރެއާގެ ވަނީ ވަަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ.

އެމެރިކާިއން ބުނީ މިސައިލް ޑިފެންސް ސިސްޓަމް ބަހައްޓަނީ އުތުރުކޮރެއާގެ މިސައިލްތަކުން ދެކުނުކޮރެއާ ދިފާއު ކުރުމަށް ކަމަށެވެ. ނަމަވެސް ޗައިނާއިން ބުނީ އެ ސިިސްޓަމަކީ އެމެރިކާއިން ޗައިނާއަށް ޖާސޫސް ކުރުމަށް ހަރުކުރުމަށް ބަހައްޓާ ސިސްޓަމެއް ކަމަށެެވެ.

މަސްދަރު: އާރުޓީ

comment ކޮމެންޓް