ކާނަލް ނާޒިމް ގޭބަންދަށް ބަދަލުކޮށްފި

ނާޒިމް އަނބުރާ ޖަލަށް ގެންދަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގާރަ އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން" އަށް ވިދާޅުވީ ކާނަލް ނާޒިމް ގޭބަންދަށް ބަދަލުކުރީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ.

ލުގުމާން ވިދާޅުވީ ކާނަލް ނާޒިމް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި އޭނާ ހުންނަވާ ގޮޅި މަރާމާތުކުރުމަށް ކަމަށެވެ.

ކާނާލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.

ކާނަލް ނާޒިމަށް އެ ހުކުމް އިއްވާފައި ވަނީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފުލުހުންނަށް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލާގައި ހުކުމް އިއްވާފައި ވަނިކޮށް އެ ފިސްތޯލައި އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެކުރިން ވެސް ވަނީ ކާނަލް ނާޒިމް ވަނީ ވަކި މުއްދަތެއް ވަންދެން ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް