ސެންޓާރާ ގްރޭންޑް ރިސޯޓުން ޑައިވިން އަށް ފޭބި ޗައިނާ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ސެންޓާރާ ގްރޭންޑް ރިސޯޓު --- ފޮޓޯ: ބުކިން. ކޮމް

އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް ރިސޯޓު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޗައިނާ މީހާ އދ. މަހިބަދޫ ކައިރީގައި އޮންނަ ފަޅެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ސެންޓާރާ ގުރޭންޑް ރިސޯޓުގެ އުތުރު ފަރާތަށް ފްރީ ޑައިވް ކުރަން ފައިބައިގެން އުޅެނިކޮށް އެ ޗައިނާ މީހާ ހޯދަން ފަށާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އަދި އޭނާ އަކީ ސެންޓާރާ ގުރޭންޑް ރިސޯޓުގެ ޑައިވް ސެންޓަރުގައި މަސައްކަތް ކުރަމުން ދިޔަ ޑައިވް ސިންސްޓުރަކްޓަރެކެވެ.

ފުލުހުން ބުނީ، އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އދ. މަހިބަދޫ ކައިރީ އޮންނަ މާފަރު ނަމަކަށް ކިޔާ ފަޅެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް