އިސްލާމްދީނާއި މީޑިޔާ - 2

ޢާއްމުކޮށް ނުވަދިހައިގެ އަހަރުތަކުން ފެށިގެން ޚާއްޞަކޮށް ނުވައެއް އެގާރައަށް ފަހު ހުޅަނގުން އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ ޙަރަކާތްތައް ހިންގުމަށާއި ޙާޞިލުކުރަން ބޭނުންވާ މުޑުދާރު ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމުގައި މައިތަޅުދަނޑިޔަކަށް ހަދައިފައިވަނީ މީޑީޔާއެވެ. ހުޅަނގުގެ މީޑީޔާއިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެންދަނީ މުސްލިމުންނަށް ފުރައްސާރަ ކުރަމުންނެވެ. މުސްލިމުންނަށް މަލާމާތްކޮށް މުސްލިމުން ހާރުވަމުންނެވެ. ހުޅަނގުން ސިފަކުރާ ގޮތުގައި ޓެރަރިސްޓުންނާއި މުސްލިމުންނާދެމެދުގައި ކުޑަވެސް ފަރަޤެއްނެތެވެ. މިހާރަކަށް އައިސް ހުޅަނގުން މުސްލިމުންނަށްވުރެވެސް ބޮޑަށް ޢަދާވާތްތެރިވެގެން އުޅެނީ އިސްލާމްދީނާއެވެ. އިސްލާމްދީނުގެ ނަބިއްޔާއާއެވެ.

ހުޅަނގުގެ މުފައްކިރުންގެ ތެރެއިން މިނުތާހިރު މަސައްކަތުގައި އެންމެ ހީވާގިވެގެން އުޅެނީ ބާނާޑު ލުއިސްއާއި، ޕްރޮފެސަރ ސެމޮއިލް ޕީ. ހަންޓިންޓަނެވެ. އެދެ މީހުން ނުހަނު ހުސިޔާރުކަމާއެކު ދުނިޔެއަށް ވިސްނައިދެމުން ގެންދަނީ ހުޅަނގަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލައަކީ ފަންޑަމެންޓަލިޒަމެއްނޫނެ ކަމެވެ. ޚުދު އިސްލާމްދީންކަމެވެ. ހަންޓިންޓަން ބުނެފައިވެއެވެ.

" އިސްލާމަކީ ޚާއްޞަ ތަހްޒީބަކަށް ކިޔާނަމެކެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުން ދަޢުވާކުރަނީ އެބައިމީހުންގެ ފިކުރާއި ތަހްޒީބަކީ އެންމެ ދަރަޖަމަތިވެރި ފިކުރާއި ތަހްޒީބުކަމުގައެވެ. އެބައިމީހުން ކަރުނައަޅަނީ އެމީހުންގެ ތަހްޒީބީ މަތިވެރިކަން ގަސްބުޑަށް ވެއްޓިފައިވާތީއެވެ."

ޔަހޫދީންގެ މަސައްކަތް

އިސްލާމްދީނުގެ ދުޝްމިނު ބާރުތަކުގެ ތެރެއިން އިސްލާމްދީނުގެ ސިފަހުތުރުކުރަން އެންމެ ވަރުގަދަޔަށް މަސައްކަތްކުރަނީ ޔަހޫދީންނެވެ. ޔަހޫދީން ވަނީ ބައިނަލްއަޤްވާމީ މީޑިޔާގެ ހުރިހާ ދާއިރާއެއް އެބައިމީހުންގެ މުށުތެރެއަށްލައިފައެވެ. 1997 ގައި ޔަހޫދީންގެ މުފައްކިރުންނާއި، ފަލްސަފާވެރީން ސްވިޒަރލޭންޑުގައި ބައްދަލުވުމެއް ބޭއްވިއެވެ. މަޤްޞަދަކީ މުޅިދުނިޔޭގެ މައްޗަށް ވެރިކަން ހިންގުމުގެ މަޝްރޫޢެއް އެކުލަވައިލުމެވެ. އެ މަޝްރޫޢު އެކުލެވިގެންވަނީ ނަވާރަ ފުރޭފެއްގެ މައްޗަށެވެ. އެމަޝްރޫޢުގައި އެންމެ އަސާސީ އަހަންމިއްޔަތެއްދީފައިވާ އެއްދާއިރާއަކީ މީޑިޔާއެވެ. މީޑީޔާއާ ބެހޭ ފުރޭފަކީ މަޝްރޫޢުގެ ބާރަވަނަ ފުރޭފެވެ. އެފުރޭފުގައި ލިޔެފައިވެއެވެ.

" އަހަރެމެން ޔަހޫދީން ދުނިޔޭގެ ވެރިކަން ހޯދުމަށްޓަކައި އެންމެ އަސާސީ އަހައްމިއްޔަތެއްދޭނީ ދުނިޔޭގައިވާ ރަނުގެ ޚަޒާނާތަކަށް ވެރިވުމަށެވެ. މިޑީޔާއަކީ އަހަރެމެންގެ މަޤްޞަދު ޙާޞިލުކުރުމަށް ބޭނުންވާ ދެވަނަ ވަސީލަތެވެ. އަހަރެމެން މީޑިޔާގެ ނުކިޔަމަންތެރި އަހަށް ސަވާރުވެ އެއަހުގެ ލަގަން އަހަރެމެންގެ ބާރުގެދަށުގައި ބާއްވާނޫއެވެ. މުސްތަޤިއްލު ގޮތެއްގައި އެނޫހެއްގެ ޚިޔާލުން ޢައްމުންނަށް އަސަރުފޯރުވޭ ފަދަ އެއްވެސް ނޫހެއް އަހަރެމެންގެ ނުފޫޒުން ނެއްޓިފައިއޮތަކަ ނުދޭނޫއެވެ."

މިފުރޭފުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ސަބަބުން ހުޅަނގުގެ މީޑިޔާގެވެސް ވަރަށް ބޮޑު އިންސައްތައެއް ހިމެނޭ ގޮތަށް ދުނިޔޭގެ ނުވަދިހަ ފަހެއް އިންސައްތަ މީޑިޔާވަނީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން ޔަހޫދީން ނުހަނު ރޭވުންތެރިކަމާއެކު އެބައިމީހުންގެ އަޑު ދުނިޔެއަށް އިއްވަމުންގެންދެއެވެ. ނަތީޖާއެއްގެ ގޮތުން މިއަދުގެ ދުނިޔޭގެ ގޮތަކީ، ޔަހޫދީންގެ ގޮތެވެ. ޔަހޫދީން ރުހޭގޮތެވެ. ޔަހޫދީން އެބަޔަކުދެކެ ރުޅިއަންނަ ނުވަތަ ނަފުރަތުކުރާ ކޮންމެ ބަޔަކަށް ދުނިޔެ ނަފުރަތުކުރެއެވެ. ރުޅިއާދެއެވެ. ތިމާމެންގެ ދުޝްމިނެއްކަމުގައި ބަލައެވެ. ދުނިޔޭގެ ޚަބަރުފަތުރާ އެޖެންސީތަކުންގެ ތެރެއިން އެންމެ ގިނަ އެންމެ ބޮޑެތި އެޖެންސީތައް ހުރީ ޔަހޫދީންގެ ބާރުގެދަށުގައެވެ.

ޔަހޫދީން ގެންދަނީ މީޑީޔާ މެދުވެރިކޮށް ވަރަށް ހަނުހިމޭންކަމާއެކު އިންސާނީ ސިކުނޑިތައް އަޅުވެތިކުރަމުންނެވެ. ކުރީންވެސް ދެންނެވިފަދައިން ހުޅަނގުގެ މީޑީޔާއާއި ޔަހޫދީ މީޑިޔާގެ އެންމެ މައިގަނޑު މަސައްކަތަކަށް މިހާރު ހަދައިފައިވަނީ އިސްލާމްދީނާއި މުސްލިމުން ބަދުނާމުކުރުމެވެ. ޖުމްލަގޮތެއްގައި ކުރުކޮށް ބަލާއިރު ދުނިޔޭގައި ދުވާލަކު ވިކޭ ދުވަހުނޫހުގެ ފަސްދޮޅަސް މިލިޔަން ކޮޕީގެ ގެތެރެއިން ފަންސާސްހަތެއް އިންސައްތަޔަކީ ޔަހޫދީންގެ ނޫހެވެ. އެތައް ސަތޭކަ ރޭޑިޔޯ ސްޓޭޝަންތަކަކާއި ޓީވީ ސްޓޭޝަން ތަކާއި މީޑިޔާ ކުންފުނިތަކެއް ޔަހޫދީންގެ ބާރުގެދަށުގައި އެބަހުއްޓެވެ. އިންޓަރނެޓުގައިވެސް ޔަހޫދީންވަނީ އެބައިމީހުންގެ ދައުފަތުރައިފައެވެ. އިސްލާމީ ސައިޓުތަކެއްގެ ނަމުގައި ލޭބަލްކޮށްގެންވެސް ޔަހޫދީން ސަތޭކަތިން އިންޓަރނެޓް ސައިޓުހިންގައެވެ. އެސައިޓުތައް މެދުވެރިކޮށް އައުމުސްލިމުންނާއި، އީމާންކަންބަލިކަށި މީހުންނާއި ، ޒުވާނުން މަގު ފުރައްދަމުންގެންދެއެވެ.

ހުޅަނގާއި ޔަހޫދީން ބިރުގަންނަނީ ދުނިޔޭގައި ނުހަނު ހަލުވިކަމާއެކު އިސްލާމްދީން ކުރިއަރަމުން ފެތުރެމުންދާތީއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންނަށް އަނެއްކާވެސް ދުނިޔޭގެ ޤިޔާދަތު ލިބިދާނެތީއެވެ. އެކަމަށް ހުރަސްއެޅުމަށްޓަކައި ތަފާތު ހަތިޔާރުތަކާއި ވަސީލަތްތަކުން ގެންދަނީ މުސްލިމުންނާއި، އިސްލާމްދީން ބަދުނާމުކުރަމުންނެވެ. ޔަހޫދީން އަޅާނުފައި އެކަމާ މަސައްކަތްކުރަމުން ގެންދެއެވެ. ހުޅަނގާއި ޔަހޫދީން ގުޅިގެން މިޑިޔާ މެދުވެރިކޮށް މުސްލިމުންގެ ބޮލުގައި އެންމެ އާއްމުކޮށް އަޅުވާ ދޮގު އިލްޒާމުތައް ތިރިގައި މިދަންނަވަނީއެވެ.

  1. އިސްލާމްދީނަކީ ހަރުކަށިކަމާއެކު ބާރުގެ ބޭނުންކުރުމުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. އެދީން ޤަބޫލުކުރާ ގިނަމީހުންނަކީ ނިރުބަވެރިންނެވެ. ހައްދު ފަހަނަޅައިފައިވާ މީހުންނެވެ.
  2. ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކުގައި ދުނިޔޭގައި ހަރުކަށިކަމާއެކު ގަދަބަދަވިކަން ބޭނުންކުރުމަށް މުސްލިމުންނަށް ބާރުއަޅައެވެ. ޣައިރު މުސްލިމުންނަށް އެބައިމީހުންގެ ދީން ދޫކޮށްލަން ވާގިދެއެވެ.
  3. މުސްލިމުން ނިކަމެތިވެ ދަށަށްވެއްޓި މުސްލިމުންނަކީ ނާތަހްޒީބު ބަޔަކަށްވެފައިވަނީ އިސްލާމީ ޝަރީޢަތުގެ ސަބަބުންނެވެ.
  4. މުސްލިމުންނަކީ ފަންޑަމެންޓަލް ބައެކެވެ. ވަރަށް ނޭއްގާނި، ނުކިއްސަރުބައެކެވެ. ވަޙްޝީބައެކެވެ.
  5. މުސްލިމުންވަނީ އެދީނުގެ މީހުން އެދީނުން ބޭރުވުމަށް ހުރަސް އަޅައިފައެވެ.

ހުޅަނގުގެ މީޑިޔާއާއި ޔަހޫދީ މީޑިޔާއިން އިސްލާމްދީނާއި މުސްލިމުން ބަދުނާމުކުރަން ކުރާ މަސައްކަތުގެ ވަރަށް ކުޑަކުޑަ މިސާލެއްގެ ގޮތުން ދަންނަވައިލަމެވެ. ހަމައެކަނި ދަވެސްޓް އޮސްޓްރޭލިޔަން ހެރަލްޑުގައި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަނީ މުސްލިމުންނާ ބެހޭގޮތުން 1038 މަޒުމޫނު ޝާއިއުކޮށްފައެވެ. އޭގެތެރެއިން އައްޑިހަ އިންސައްތަ މަޒުމޫނުގައި މުސްލިމުން ސިފަކޮށްފައިވަނީ ނިރުބަވެރި ، ހައްދު ފަހަނަޅައިފައިވާ ފަންޑަމެންޓަލް ބައެއްކަމުގައެވެ. ހަތްދިހަ ތިނެއް އިންސައްތަ މަޒުމޫނުގައި ވަކާލާތުކޮށްފައިވަނީ މުސްލިމުންނަކީ އިންސާނިއްޔަތުގެ ޤާތިލުންކަމުގައެވެ. މުސްލިމުންނަކީ އިންސާނިއްޔަތަށް ލޯބިކުރާ ހެޔޮލަފާ ރަގަނޅު ބައެއްކަމުގައި ބުނެފައިވަނީ އެންމެ ހަތަރެއް އިންސައްތަ މަޒުމޫނުގައެވެ.

މިމޭރުމުން ހުޅަނގުގެ ބާރުތަކާއި ޔަހޫދީން އަތާއަތް ގުޅައިލައިގެން އިސްލާމްދީނާއި މުސްލިމުންގެ ބުރުސޫރަ ހުތުރުކޮށް ބިރުވެރި ސިފައެއްގައި ދުނިޔެއަށް ދައްކާންކުރާ މަސައްކަތުގެ ސަބަބުން އިސްލާމީ މަލަމައްޗާއި މުސްލިމުން މޫނުތައްވަނީ ބިރުވެރި ސިފަޔަކަށް ބަދަލުވެފައެވެ. ދުނިޔޭގެ އެތައް މިލިޔަން ބަޔަކުވަނީ އިސްލާމްދީނަށާއި މުސްލިމުންދެކެ ނަފްރަތުވެފައެވެ.

އިސްލާމްދީނުގައި މީޑީޔާގެ ތަޞައްވުރު

އިސްލާމްދީން ޤަބޫލުކުރާމީހުން ހުރިހާ ޒަމާންތަކެއްގައިވެސްވަނީ އެބައިމީހުންގެ ވާހަކަތައް ނުހަނު ރޭވުންތެރިކަމާއެކު ވަރަށް ފުރިހަމަޔަށް އެހެންމީހުންގެ ކުރިމައްޗަށް ހުށަހަޅައިފައެވެ. އެކަމުގައި ކުޑަކޮށްވެސް ފަރުވާކުޑަކޮށެއްނުލައެވެ. އެއްވެސް އުނިކަންފުޅެއް ހުއްޓަކަނުދެއެވެ. ކީރިތި ޤުރުއާނުގައި އެމަސައްކަތަށް ދެއްވައިފައިވަނީ ދައުވަތުގެ ނަމެވެ. އިސްލާމީ ދައުވަތުގެ މިދެންނެވި ދައުރަކީ ނަބީބޭކަލުންނާއި، ޞަލަފުއްސާލިޙުންނާއި، އިސްލާމީ ދައުވަތުގެ ދިދަ އުފުއްލެވި ބޭކަލުން ދޮރުންދޮރަށް އެބޭކަލުންގެ ދައުވަތު ރައްދުކުރައްވަން މަސައްކަތްޕުޅުކުރެއްވި ދުވަސްވަރެވެ. އެމަސައްކަތްޕުޅުގައި އެބޭކަލުންގެ ބަސްމޮށުންތެރިކަމާއި، ވާހަކަދެއްކެވުންތެރިކަން ބޭނުންކުރެއްވި ދުވަސްވަރެވެ. މިގޮތުން ނޫޙުއަލަހިއްސަލާމް ކުރެއްވި މަސައްކަތްޕުޅު ކިރިތި ޤުރުއާނުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްދެއްވައިފައެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނަށް (އީމާންވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް އެއުރެންދަނީ، އެކަލޭގެފާނުގެ ދަޢުވަތާދުރަށެވެ.) އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (އީމާންވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (ކުފުރުވެރިކަންމަތީ) ދެމިތިބެއެވެ. އަދި ނުހަނު ބޮޑާވެގަނެއެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ."

(ނޫޙޫ:8 - 5)

ހަމައެފަދައިން މޫސާ އަލަހިއްސަލާމްވެސް އެކަލޭގެފާނުގެ ދައުވަތު ކުރިޔަށް ގެންދެވީ މިމަންހަޖުގައެވެ. މޫސާގެފާނު އެކަލޭގެފާނުގެ އިދިކޮޅު ފަރާތަށް ހަމައެކަނި އެކަލޭގެފާނުގެ އުސޫލީ ނުކުތާތައް ހުށަހެއްޅުއްވީކީނޫނެވެ. އަދި ކީއްތޯއެވެ. އެބައިމީހުންގެ އިއުތިރާޟުތަކަށް ޖަވާބުދެއްވިއެވެ. އެމީހުންގެ ކުށްހީތައް ދުރުކޮށްވެސް ދެއްވިއެވެ. ކީރިތި ޤުރުއާނުގައި އެވާހަކަތައް ބަޔާންކުރައްވައިފައިވަނީ އަންނަނިވި އިބާރާތުންނެވެ.

" ފިރުއައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ. (އެއީ) އޭނާ ހަނދުމަކުރޭތޯ ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ." (ޠާހާ: 44،43)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަބިކަރައިގައި އިސްލާމްދީނަށް ދަޢުވަތު ދެއްވީވެސް މިސިލްސިލާ ކުރިޔަށް ގެންދަވަމުންނެވެ. އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެއްވިއެވެ.

" އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު އިއްވަވާށެވެ. އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ ރިސާލަތު އިއްވެވިކަމަކަށެއް ނުވާނެއެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރިކުރައްވާނެތެވެ." (މާއިދާ : 67)

އަރަހުށި މާތްﷲ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިންމާއާ ބެހޭގޮތުން ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

" (ރިސާލަތު) އިއްވެވުން މެނުވީ، ރަސޫލާގެ މައްޗަކަށްނުވެއެވެ." (މާއިދާ : 99)

(ނުނިމޭ)

comment ކޮމެންޓް