ސޯޝަލް މީޑިއާގައި އަމީތާބް ފޮލޯ ކުރާ މީހުންގެ އަދަދު 80 މިލިއަނަށް!

އަމީތާބް ބައްޗަން: ސޯޝަލް މީޑިއާގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 80 މިލިއަނަށް އަރައިފައި ..

އެކި އެކި ސޯޝަލް މީޑިއާތަކުގައި ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަންގެ ފޮލޯ ކުރާ މީހުންގެ އަދަދު 80 މިލިއަނަށް އަރައިފި އެވެ.

ފޮލޮވަރުންގެ އަދަދު 80 މިލިއަނަށް އަރާފައިވާކަން ހާމަކުރީ އަމީތާބް ކުރި ޓުވީޓެއްގަ އެވެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެ އަމީތާބް ކުރި ޓުވީޓުގައި ވަނީ އޭނާ އަށް ސަޕޯޓު ކުރާ އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.

އަމީތާބް ފޮލޯ ކުރާ މީހުންގެ އަދަދު 80 މިލިއަނަށް އަރާފައި ވަނީ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް ހިމެނޭ ގޮތުންނެވެ. ޓުވިޓާގައި އެކަނި ވެސް އަމީތާބްގެ 31.7 މިލިއަން ފޮލޮވަރުން ތިބި އިރު، ފޭސްބުކްގައި 27.6 މިލިއަން އަދި އިންސްޓަގްރާމްގައި 6.2 މިލިއަން ފޮލޮވަރުން ހިމެނެ އެވެ.

އަމީތާބް އަކީ ޓުވިޓާގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑް ފަންނާނެވެ. އަމީތާބް އަންނަނީ އޭނާގެ އަމިއްލަ ބްލޮގެއް ވެސް ހިންގަމުންނެވެ.

ފޭސްބުކް ލައިވް، އަދި އިންސްޓަގްރާމް ލައިވް އާއި ޓުވީޓުތައް މެދުވެރިކޮށް އަމީތާބް އަބަދުވެސް އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށް ހަދަ އެވެ.

އޭގެ އިތުރުން އޭނާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމުގެ ކަންކަން ހިއްސާކުރެ އެވެ. އޭގެ އިތުރުން ގައުމާއި މުޖުތަމައުގެ ކަންކަމުގައި އޭނާ ދެކޭ ގޮތް ހާމަކުރެ އެވެ.

comment ކޮމެންޓް