ކުރު މުއްދަތަކަށް ކުރާ ޑައިޓުތަކުން ފައިދާއެއް ނުކުރާނެ

ހަފްތާ އަކުން 10 ކިލޯ ލުއިކޮށްދޭ ކަމަށް ބުނާ ޑއިޓް ތަކާ، ދެ ހަފްތާއިން 14 ކިލޯ ލުއި ކުރާނެ ޑައިޓްތަކުގެ ވާހަކައަކީ އާ ވާހަކަތަކަކަށް ނުވާނެ އެވެ.

ބައެއް މީހުން މިފަދަ ޑައިތްތައް ކުރަނީ އޭގެ ސަބަބުން ލިބޭނެ ސިއްހީ ގެއްލުންތަކަށް ވިސްނާލުމެއް ނެތި އެވެ.

ކުރު މުއްދަތަކަށް ކުރާ ޑައިޓްތަކަކީ "ލޯންގް ޓާމް ރެޒަލްޓްސް" ނުފެންނާނެ ޑައިޓްތަކެކެވެ. މިފަދަ ޑައިތްތައް ކުރާއިރު، ކުއްލިއަކަށް ބަރުދަން ލުއިވެދާނެ އެވެ. ނަމަވެސް އެކަން ދެމެހެއްޓުމަކީ ނުވާނެ ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކުރު މުއްދަތަކަށް ކުރާ ޑައިތްތައް ނިންމާލުމަށް ފަހު، އަލުން ކުރީގެ ކެއުމަށް ބަދަލުކޮށްލާއިރު މާ އަވަހަށް މީހާ ފަލަވާނެ އެވެ.

މިކަހަލަ ޑައިޓްތަކަކީ ހަށިގަނޑު ވަރަށް އަވަހަށް ވަރުބަލިކޮށްލާނެ ޑައިޓްތަކެކެވެ. ހަށިގަނޑު ފަންކްޝަން ކުރުމަށް އެންމެ މުހިއްމު އެކައްޗަކީ ކާބޯހައިޑްރޭޓްސް އެވެ. ނަމަވެސް ކުރު މުއްދަތަކަށް ކުރާ ޑައިޓްތަކުގައި ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ ހިމެނޭ މިންވަރު މަދެވެ. އެހެންވެ، މިކަހަލަ ޑައިޓްތައް ކުރާ ދުވަސްވަރު ހަށިގަނޑު ވަރުބަލިވުން ބޮޑުވާނެ އެވެ.

މި ޑައިޓްތަކުގެ ސަބަބުން މީހާ ޑިޕްރެސްވެ ނިދި މަދުވުން ކަހަލަ ކަންތައް ވެސް ދިމާވާނެ އެވެ. މޫޑަށް ބަދަލު އައުމުގެ ސަބަބުން މަސައްކަތްކުރުމުގެ ލެވެލް އަށާއި ހެލިފެލިވެ އުޅުމަށް ވެސް ބަދަލު އަންނާނެ އެވެ.

ޑައިޓްތައް ކުރަން ފެށުމުގެ ކުރިން ނިއުޓްރިޝަނިސްޓެއް ނޫނީ ޑައިޓީޝަނެއްގެ މަޝްވަރާ ހޯދާލުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު