އާސަންދަ ކުންފުނީގެ ކުރީގެ އެމްޑީ އެޑިއުކޭޝަން މިނިސްޓްރީއަށް

ހަސަން އަލީ --- ފޮޓޯ/ ރައީސް އޮފީސް

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކި ކުރެއްވި އަލްއުސްތާޛް ހަސަން އަލީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަނު ކުރެއްވީ އިއްޔެ އެވެ.

ހަސަން އަލީ އަކީ މިސަރުކާރުގެ އެންމެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރެވެ.

އެއަށްފަހު އޭނާ ބަދަލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ.

އޭގެފަހުން އޭނާ ހަމަޖައްސާފައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށެވެ. އަދި އެއަށްފަހު، އިއްޔެއާ ހަމައަށް އޭނާ ހުންނެވީ އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުގައެވެ.

comment ކޮމެންޓް