ހޯދަން އިއުލާން ކުރި މީހާ އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓްކޮށްފި

މާރާމާރީގެ މައްސަލާގައި ހޯދަން އިއުލާންކުރި މީހާ ވަނީ އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފައި--- ފޮޓޯ/ޕޮލިސް

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައެއްގައި ހޯދަމުން ދިޔަ މީހާ އަމިއްލަ އަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މީހާ އަމިއްލަ އަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި ފުލުހުންގެ ތަހުގީގަށް އޭނާ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހޯދަމުން ދަނީ މިދިޔަ ނޮވެމްބަރު މަހު 14 ވަނަ ދުވަހުގެ ވަގުތެއްގައި ހުރަވީ ބިލްޑިންގްގެ ހަތަރު ވަނަ ފަންގިފިލާގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް