އުފާފާޅުކުރިއިރު މިންގަނޑުން ބޭރަށް ދިޔަ ކަމަށް ގަބޫލެއް ނުކުރަން: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ-- ފޮޓޯ: އޭޕީ

މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި މެޗަށް ފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން އުފާފާޅުކުރިއިރު މިންގަނޑުން ބޭރަށް ދިޔަ ކަމަށް ގަބޫލޫ ނުކުރާ ކަމަށް އެ ޓީމުގެ ކޯޗު ޕެފް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ސިޓީގެ ކުޅުންތެރިން އުފާފާޅުކުރުމުގައި އެއްވެސް އަޚުލާގީ މިންގަނޑެއް ނެތް ކަމަށް ބުނެ އެ ޓީމަށް ފާޑުކިޔުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ މެޗަށްފަހު ސިޓީ ކުޅުންތެރިން ޗޭންޖިން ރޫމު ތެރޭގައި ބޭއްވި އުފާފާޅުކުރުންތަކަށްފަހު އޭގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި މޮރީނިއޯ ގަޔަށް ވަނީ ފެން ޖަހައިފަ އެވެ. އަދި ސިޓީގެ އެސިސްޓަންޓް ކޯޗު މިކެލް އަޓެޓާ ނިތްކުރި ފަޅައިގެންދިޔަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ގާޑިއޯލާ ބުނީ ކުޅުންތެރިން ކައިރީ އުފާފާޅުކުރަން ބުނީ އޭނާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ގޯސްކޮށްދާގޮތަކަށް ކުރަން ނުބުނާ ކަމަށެވެ. އަދި ސިޓީ ކުޅުންތެރިން ގަސްދުގައި އެއްވެސް ކަމެއް ގޯސްކޮށް ކުރިކަމަށް ގަބޫލު ނުކުރާ ކަމަސް ވެސް އޭނާ ބުންޏެވެ.

"ކުޅުންތެރިން އުފާފާޅުކުރިއިރު އިދިކޮޅު ޓީމު ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދެން. އެކަމަކު އަހަރެންގެ ކުޅުންތެރިން ގަސްދުގައި ކަމެއް ގޯސްކުރަން އެއްވެސް ކަމެއް ނުކުރާނެ،" ގާޑިއޯލާ ބުންޏެވެ.

މޮރީނިއޯ ބުނީ ސިޓީގެ ނެތް އެއްވެސް އަޚުލާގީ މިންގަނޑެއް ނެތް ކަމަށާއި ފުޓްބޯޅައިގައި ކޮންމެ ކަމެއް ކުރުމުގައި ވެސް އިޚުތިރާމް އޮންނަން ވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އެ ދުވަހުގެ މެޗުން ބަލިވުމުން ލީގު ހޯދުމުގެ ރޭހުގައި ޔުނައިޓެޑް އޮތީ ސިޓީ އަށް ވުރެ 11 ޕޮއިންޓު ފަހަތުގައި ތާވާލުގެ ދެވަނާގައެވެ. ސިޓީ އަށް 16 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައި ވަނީ 35 ޕޮއިންޓެވެ.

comment ކޮމެންޓް