އުރީދޫއިން '"ލަވަފޮށި ޕްރިމިއަމް" ތައާރަފްކޮށްފި

"ލަވަފޮށި ޕްރިމިއަމް" ތައާރަފްކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި އުރީދޫއާއި "ލަަފޮށި" ޓީމުންކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ފޭސްބުކް ފޮޓޯ: ހުސައިން ނިޔާޒް

ދިވެހީންގެ މެދުގައި މަގުބޫލުވަމުން އަންނަ މިޔުޒިކް ސްޓްރީމިންގ އެޕް "ލަވަފޮށި" އާއި ގުޅިގެން މުވާސަލާތީ ކުންފުނި، އުރީދޫއިން "ލަވަފޮށި ޕްރިމިއަމް" ތައާރަފްކޮށްފިއެވެ.

އާޓިފިޝަލް ބީޗްގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި "ލަވަފޮށި ޕްރިމިއަމް" ތައާރަފްކުރުމަށް ފަހު އުރީދޫން ބުނީ، މި ޕާރޓްނަރޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށެވެ. އަދި ދިވެހި މިއުޒިކީ ދިގު ތާރީޚުގެ ގިނަ ލަވަ އަޑު އަހައި، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިންގ މިއުޒިކް ޚިދުމަތްކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ.

އުރީދޫން ބުނީ، މިހާރުވެސް 10،000 އަށްވުރެ ގިނަ ދިވެހި ލަވައާއި އެކު "ލަވަފޮށި ޕްރިމިއަމް"ގެ ޚިދުމަތް ސަބްސްކްރައިބް ކުރައްވައިގެން ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް "ލަވަފޮށި ޕްރިމިއަމް" އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނޭ ކަމަށެވެ.

"އެހާރާއި މިހާރުގެ ދިވެހި ލަވައާއި މިއުޒިކް ހައި ކޮލިޓީގައި، މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން 'ލަވަފޮށި ޕްރިމިއަމް' އިން ލިބިގެންދާނެ،" އުރީދޫން ބުންޏެވެ.

"މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ."

ލަވަފޮށި އެޕަކީ، މަޝްހޫރު، އަދި އަރަމުން އަންނަ ދިވެހި ފަންނާނުން ކުރިއަރުވައި، ޑިޖިޓަލް ކޮންޓެންޓް އުފައްދައި ޕްރޮމޯޓް ކުރުމަށް މުޙިއްމު ޕްލެޓްފޯމެކެވެ.

އުރީދޫން ބުނީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމްކުރުމުގެ ތަޞައްވުރާއެކު ކުރިއަށް އޮތްތަނުގައިވެސް އުރީދޫއިން މަސައްކަތް ކުރަމުންދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަގްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ޚިދުމަތްތަކާ އެޕް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށެވެ.

comment ކޮމެންޓް