ވިރާތުއާއި އަނުޝްކާގެ ކައިވެނި: މާކެޓިން ކިޔަވާ ދަރިވަރުންނަށް ވެސް ފިލާވަޅުތަކެއް!

އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ރަސްމިއްޔާތު ----

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާއާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީގެ ލޯބީގެ ވާހަކަ އަކީ އެދެމީހުން ދުލުން ގަބޫލު ނުކުރި ނަމަވެސް މީޑިއާއަށް އާ ވާހަކައެއް ނޫނެވެ. މި މަހުގެ 11 ވަނަ ދުވަހު އެ ދެމީހުންގެ ކައިވެނިކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަ ކުރުމާ ހަމައަށް ދެމީހުން ވެސް ދިޔައީ ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރަމުންނެވެ.

ވިރާތާއި އަނުޝްކާގެ ކައިވެނީގެ ވާހަކަ އަދި ވެސް ފަލަ ސުރުހީގައި އުޅޭއިރު މި ކައިވެންޏަކީ އެކި ގޮތްގޮތުން ބަލާއިރު ހާއްސަ ކައިވެންޏަކަށް ވަނީ ވެފަ އެވެ. މި ކައިވެންޏާއި ދެ ތަރިންގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވުނު ގޮތާ ގުޅޭ ގޮތުން ބިޒްނަސްގެ ދާއިރާއިން މާކެޓިން އެޑްވަޓައިޒިން އަދި ބްރޭންޑިން ކިޔަވާ ކުދިންނަށް ގިނަ ފިލާވަޅުތަކެއް ލިބެ އެވެ.

އެގޮތުން ވިރާތާއި އަނުޝްކާ މިވަނީ މިހާރު ބްރޭންޑަކަށްވެ، "ވިރުޝްކާ"ގެ ނަމުން މަޝްހޫރުވެފަ އެވެ. ކުރިން އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ޖޯޑުވެސް ވަނީ ބްރެންޖެލީނާގެ ނަމުން މަޝްހޫރުވެފަ އެވެ.

ވިރާތާއި އަނުޝްކާ އަކީ މިހާރު 28 ބްރޭންޑްގެ އެމްބެސެޑަރުންނެވެ. މީގެ ތެރެއިން 10 ބްރޭންޑެއްގެ އެމްބެސެޑަރަކީ އަނުޝްކާއެވެ. ވިރާތަކީ 18 ބްރޭންޑްގެ އެމްބެސެޑަރުކަން ކުރާ މީހެކެވެ. މި ދެމީހުންގެ "ފޭސް ވެލިއު" އަށް އެކަނި ބެލި ނަމަވެސް މިއީ މިހާރު އަގުބޮޑު ޖޯޑެކެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވިރާތާއި އަނުޝްކާގެ ކައިވެނީގެ ކަންތައް ސިއްރުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކޮށްލެވެ އެވެ. މީޑިއާގެ ސަމާލުކަން މި ދެތަރިންނަށް ހުއްޓިފައިވީ ނަމަވެސް، ކައިވެނީގެ ކަންތައް ސިއްރުން ގެންގޮސްފައިވާ އިރު، މިއީ "ވިޔަފާރިއެއްގައި ބްރޭންޑެއް ކުރިއަރުވަން ބޭނުން ކުރެވިދާނެ އުކެޅެކެވެ." އެގޮތުން އެންމެ ފަހު ވަގުތު ހާމަ ކުރާނެ ސްޓޭޓްމެންޓެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ނޭވާ ހިފަހައްޓަލައިގެން ތިބެން ބޭތިއްބުމަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އާ އުފެއްދުންތައް ތައާރަފްކުރާއިރު ވެސް ބޭނުން ކުރާ އުކުޅެކެވެ.

ބްރޭންޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި "ވިރުޝްކާ"ގެ ކައިވެންޏަށް ފަހު، މިދެމީހުންގެ ވެލިއުއަށް ބޮޑު ބަދަލެެއް އަންނާނެ އެވެ. ވިރާތާއި އަނުޝްކާ ދިމާވީ އިސްތިހާރަކުންނެވެ. ކުރިމަގުގައި މި ދެތަރިން ލައްވައި އިސްތިހާރު ކުޅުވުމަށް އޮންނަ ޑިމާންޑް އިތުރު ވުމަކީ ވެސް ވެދާނެ ކަމެކެވެ.

ނަމަވެސް މި ދެތަރިންގެ "ޖޯޑަށް" އޮންނަ ޑިމާންޑަށް ވުރެ ވަކިވަކިން މި ދެތަރިންނަށް އޮންނަ ޑިމާންޑް އަދި ވެސް އިތުރުވާނެ ކަމަށް ލަފާކުރާ މީހުންވެސް އެބަތިއްބެވެ.

މަސްދަރު: އެންޑީޓީވީ

comment ކޮމެންޓް