ޗެމްޕިއަން ހޮޅުދޫ ކަޓުވާލައި، މިލަދޫ ފައިނަލަށް

ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދުއާއި މިލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، މިލަދޫން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ ކަޓުވާލުމަށްފަހު، މިލަދޫން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހޮޅުދޫގެ މައްޗަށް މިލަދޫން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ހޮޅުދޫއަކީ 2016 އަދި 2015 ވަނަ އަހަރުގެ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަނުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދުއާއި މިލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، މިލަދޫން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި ---

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މިލަދޫން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުތެރޭގައެވެ. އެ ލަނޑު މިލަދުއަށް ކާމިޔާބުކޮށްދިނީ އަހްމަދު ހަސަނެވެ.

އަންނަ އާދީއްތަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި މިލަދުއާ ދެކޮޅަށް ކުޅޭ ޓީމެއް ކަށަވަރުވާނީ މާދަމާ ހަވީރު ވެލިދުއާއި ލަންދޫ ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހުއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދުއާއި މިލަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، މިލަދޫން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި ---

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މުބާރާތް ނިމިގެންދާނީ ފުޓްބޯޅަ ލެޖެންޑަކާއެކުއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނެސްފައިވަނީ ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލްއެވެ. އަދި މިއަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނައުމަށް ނިންމާފައިވަނީ ޗެލްސީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާއެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެއެވެ.

comment ކޮމެންޓް