އެކި ވަގުތުތަކުގައި ކެއުމުގެ އާދަތައް ބަހައްޓަންވީ ކިހިނެއް؟

ދުވަހުގެ އެކި ވަގުތަކުގައި ކެއުމުގެ އާދަތައް ބަހައްޓަނީ ކިހިނެއް ހެއްޔެވެ؟ އެކި ވަގުތުތަކުގައި ކާން ބޭނުން ކުރަނީ ވަގުތާ ގުޅޭ ކާނާ ހެއްޔެވެ؟ މިއީ ދުވަހުގެ މަސައްކަތުގައި އުޅޭއިރު އަދި ސިއްހަތަށް ބަލާއިރު ވެސް މުހިއްމު ކަމެކެވެ.

ހެދުނުގެ ނާސްތާ:

މިއީ ދުވަހުގެ އެންމެ މުހިއްމު ނާސްތާ އެވެ. ދުވަހުގެ މަސައްކަތަށް ފެށުމުގެ ކުރިން ރަނގަޅު ނާސްތާއެއް ނަގަންވާނެ އެވެ. ފެޓްސް، ޕްރޮޓީންސް އަދި ކްރެބްސް ހިމެނޭ ނާސްތާއެއް މުހިއްމެވެ. އޯޓްސް، ޕީނަޓް ބަޓަރު، ބްރައުން ބްރެޑް ފަދަ ކާނާ ހެނދުނުގެ ނާސްތާގައި ހިމަނާށެވެ.

ނުވަގަޑި:

ނުވަގަޑީގައި ނުވަތަ ހެނދުނުގެ ނާސްތާއާ މެންދުރު ކެއުމާ ދެމެދު އެ ދާ ވަގުތުގައި ބަނޑުހައިވާ ނަމަ ލުއި ކާނާއެއް ނޫނީ ބިސްކޯދެއް ކާލާށެވެ. ކެފެއިން ނުހިމެނޭ ބުއިމެއް ވެސް މި ވަގުތު ރަނގަޅުވާނެ އެވެ.

މެންދުރުގެ ކެއުން:

މެންދުރުގެ ކެއުމަކީ ކުޑަކޮށް، ލުއިކޮށް ކާންޖެހޭ ކެއުމެކެވެ. މާ ބުރަ ކެއުމެއް ނަގައިފި ނަމަ މީހާ ލޮޑުވެ މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަވާނެ އެވެ. ތަރުކާރީ އަދި މޭވާގެ ބާވަތަކުން މި ވަގުތު ކެއުމަށް ކޮންމެވެސް ވަރަކަށް އެއްގަމު މަސް ބޭނުން ކުރެވިދާނެ އެވެ.

ރޭގަނޑުގެ ކެއުން:

ރޭގަނޑު ކާންވާނީ އިރާކޮޅު އެވެ. މާ ލަސްކޮށްފައި ކެއުމުން މީހާގެ ހަށިގަނޑަށް އޭގެ އަސަރު ކުރާނެ އެވެ. ރޭގަނޑު ކެއުމުގައި ކެލޮރީ ހިމެނޭ މާއްދާތައް މަދުކޮށްލުން މުހިއްމެވެ. މީގެ އިތުރުން ރޭގަނޑުގެ ކެއުމުގެ ކުރިން ކަސްރަތުުކޮށްލައި ހެދުން ވެސް މުހިއްމެވެ. އަދި ރޭގަނޑު ކެއުމަށް ފަހު ނިދުމުގެ ކުރިން ބަނޑުހައިވާ ނަމަ ކިރު ތައްޓެއް ބޯލާށެވެ.

މައުލޫމާތު: ހެލްތް ޑައިޖެސްޓް

comment ކޮމެންޓް