ފޭސްބުކްގެ "ޕޯކް" ފީޗާ ޒަމާނީ ކުރަނީ

ފޭސްބުކް އިން ވަނީ ވިންކް، ހައިފައިވް، އަދި ހަގް ކޮށްލެވޭނެ ފީޗާއެއް ޓެސްޓްކުރަން ފަށާއިފައި ---

ފޭސްބުކް ތައާރަފުވެގެން އައި އިރު އެންމެ މަގުބޫލު އެއް ފީޗާ އަކީ "ޕޯކް" ފީޗާ އެވެ. އެކަކު އަނެކަކަށް ޕޯކް ކުރާތަން އެންމެ ކުރިން ނިއުސް ފީޑުން ވެސް ފެނުނެވެ. އެކަމަކު ފަހުން އެ ފީޗާ ވަނީ ޕްރައިވެޓް ކޮށްފަ އެވެ.

ޕޯކް ފީޗާގެ ބޭނުން މި ފަހަކަށް އައިސް ކުރާތަނެއް ނުފެނެ އެވެ. ފޭސްބުކް އިން މިވަނީ މި ފީޗާ ޒަމާނީކޮށް، ޔޫޒަރުންނަށް ކަމުދާނެ ފަދަ ގޮތަކަށް ތައާރަފުކުރަން ނިންމައިފަ އެވެ.

އެގޮތުން "ހަގް" ވޭވް އަދި "ހައި-ފައިވް" ވެސް ކުރެވޭ ގޮތަށް މި ފީޗާ ތައާރަފްކުރަން ފޭސްބުކް އިން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މީގެ އިތުރުން އެއް ލޯ މަރާލައި "ވިންކް" ކޮށްލެވޭނެ ފީޗާއެއް ވެސް މީގެ ތެރޭ ހިމެނެ އެވެ.

ވިންކް ފީޗާ ---

"ޕޯކް"ގެ ޒަމާން މާޒީވެ ގޮސްފައިވަނިކޮށް އަލުން އެ ހަނދާންތައް އާކޮށްދިނުމަށް ފޭސްބުކް އިން ތައާރަފްކުރާ މި ފީޗާ މިހާރު ވަނީ ބައެއް ގައުމުތަކުގައި ޓެސްޓްކުރަން ފަށައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތާއި ތައިލެންޑް އަދި ކޮލަމްބިއާ، ކެނެޑާ އަދި ފްރާންސްގައި ވެސް މި ފީޗާ ޓެސްޓު ކުރަން ވަނީ ފަށައިފަ އެވެ.

ޕޯކް ފީޗާ ބަދަލުކޮށް ޒަމާނީ ކުރުމަށް ފޭސްބުކް އިން ވަނީ ނިންމާފަ---

ފޭސްބުކް ޕްރޮފައިލް ހުޅުވައިލުމުން "ހެލޯ"ގެ ނަމުގައި އޮޕްޝަންއެއް ފެންނާނެ އެވެ. އެ އޮޕްޝަން އަށް ފިއްތާލުމުން ކޮމެންޓް ރިއެކްޓް ކުރަން އަރާ ގޮތަށް ގްރީޓިންގްސް ރިއެކްޓްކޮށް ހެދޭނެ އެވެ. ޕޯކް ފީޗާ ބަދަލުވެގެން އަންނަ ގޮތަކީ މި އެވެ.

މި އޮޕްޝަން އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ މި އަހަރުގެ ޖޫންގަ އެވެ. ރަސްމީކޮށް ފޭސްބުކް ޕްރޮފައިލްތަކުން މި ފީޗާ ފެންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް