ކަދާ އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން ދަ ލެޖެންޑްސްއިން ހޯދައިފި

ކަދާ އިންވިޓޭޝަން ކަޕްގެ ޗެމްޕިއަން ދަ ލެޖެންޑްސް ---

ގދ. ވާދޫގައި ކުރިއަށްދިޔަ ކަދާ އިންވިޓޭޝަން ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ދަ ލެޖެންޑްސްއިން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ދަ ލެޖެންޑްސްއިން ހޯދީ ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އެފްސީ ގޫވަލްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ކަދާ އިންވިޓޭޝަން ކަޕްގެ ޗެމްޕިއަން ދަ ލެޖެންޑްސް ---

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދަ ލެޖެންޑްސްއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޔާޒް އަހްމަދު (އަޔާ) އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ދަ ލެޖެންޑްސް ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފުގައި އެފްސީ ގޫވަލްއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ގޫވަލްއަށް އެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުޒައިފަތު އިބްރާހިމް (ހުޒޭ) އާއި އަލީ ޝިފާއު (ރޮނާ) އެވެ. މެޗުން މޮޅުވި ލަނޑު ދަ ލެޖެންޑްސްއަށް ކާމިޔާބުކޮށްދިނީ ފައުލް ހަމަވެގެން ލިބުނު ޕެނަލްޓީއަކުން އަހްމަދު މާއިސް (މައްޓު) އެވެ.

ކަދާ އިންވިޓޭޝަން ކަޕްގެ ރަނަރަޕް އެފްސީ ގޫވަލް ---

މެޗަށް ފަހު ޗެމްޕިއަން ދަ ލެޖެންޑްސްގެ ވެރިޔާ ފަޔާޒް އަބްދުﷲ ވިދާޅުވީ، އެ ކާމިޔާބީއަކީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށާއި އެ ކާމިޔާބީ ދެ ދެމެހެއްޓުމަށް އަންނަ އަހަރުގެ މުބާރާތަށް ވެސް ޓީމު ވަރުގަދަ ކުރާނެ ކަމަށެވެ.

comment ކޮމެންޓް