އުލިގަމުގައި ބޭއްވި ނިޔަމި ކަމުގެ ކޯހުން 40 މީހަކު ސަނަދު ހާސިލު ކޮށްފި

އުލިގަމުގައި ހިންގި ނިޔަމި ކޯހުން ދަސްވެނިވި ފަރާތްތަކާއެކު އެމްއެންޑީއެފްގެ ބޭފުޅުން އަދި ކައުންސިލަރުން --- ފޮޓޯ/ އުލިގަމު ކައުންސިލް

އެމްއެންޑީއެފްއާ ހއ. އުލިގަމު ކައުންސިލް ގުޅިގެން އެރަށުގައި ހިންގި ނިޔަމި ކަމުގެ ލެވެލް ދޭއް ކޯސް، 40 މީހަކު ފުރިހަމަކޮށް ސަނަދު ހާސިލް ކޮށްފިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެނދިޔަ އެ ކޯހުގައި ޖުމްލަ 42 މީހަކު ބައިވެރިވި ކަމަށް އުލިގަމު ކައުންސިލުން ބުންޏެވެ. އަދި އޭގެ ތެރޭން 40 މީހަކު ސަނަދު ހާސިލުކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އުލިގަމު ކައުންސިލުން ބުނީ އެ ކޯހަކީ އެ ރަށުގެ މަސްވެރިންނާ އޮޑިދޯނި ފަހަރު ދުއްވާ ފަރާތްތައް، ކަނޑުފަޅުތަކާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކަށް ހޭލުންތެރި ކުރުމުވުގެ ގޮތުން ހިންގި ކޯހެއް ކަމަށެވެ.

އެ ކޯހުގެ ބައިވެރިންނަށް ލެކްޗާ ނަގައިދިނީ އެމްއެންޑީއެފްގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ މީހުން ކަމަށް ކައުންސިލުން ބުންޏެވެ.

މިމަހުގެ ތެރޭގައި އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގަންވެސް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް