ދެވަނަ ބުރިން ވެއްޓުނު ކުއްޖާގެ ފައިގެ އޮޕަރޭޝަނެެއް މާދަމާ ކުރަނީ

ކުއްޖާ ވެއްޓުނު އިރު ހުރިގެ، ކުއްޖާ ވެއްޓިފައިވަނީ ހުޅުވާފައި ހުރި ކުޑަދޮރުން ---

މިދިޔަ ހޮނިހިރު ދުވަހު މައްޗަންގޮޅީ ގެއެއްގެ ދެވަނަ ބުރިން ވެއްޓުނު އުމުރުން ހަތް އަހަރުގެ ކުއްޖާގެ ފައިގެ އޮޕަރޭޝަނެއް މާދަމާ ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ޑިރެކްޓަރ، ޕަބްލިކް ރިލޭޝަންސް މީޑިއާ އަހުމަދު މައުސޫމް މިއަދު "ސަން" އަށް ވިދާޅުވީ އެކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފައިގައި ރެނދެއްލާފައިވާތީ މަދަމާ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއްޖާގެ ހާލު ސްޓޭބަލް. އެކަމަކު ފައިގަ މަލްޓިޕްލް ފްރެކްޗާސް އުޅޭތީ މާދަމާ އޮޕަރޭޝަނެއް ކުރާނެ،" މައުސޫމް ވިދާޅުވިއެވެ.

މއ. ޖަރީވިލާ ގޭގެ ދެވަނަ ބުރިން ކުޑަދޮރުން ވެއްޓުނު ކުއްޖާ ވެއްޓުނީ ކުޑަ ދޮރާ ދިމާލުގައި ބަހައްޓާފައި ހުރި ބަންކް ބެޑަކަށް އަރައި އުޅެނިކޮށް ކަމަށް މަންޒަރު ދުއްމީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް