މާމެލާމެލިން ދޭ މެސެޖް

---

ލޯބިވެރިޔާއަށް ނޫނީ ރައްޓެއްސަކަށް ނޫނީ އާއިލާގެ މެންބަރަކަސްވިޔަސް ހަދިޔާއެއްގެ ގޮތުގައި ދޭން އެންމެ ފަސޭހަ އެއްޗަކަށްވާނީ މަލެވެ. މަލުގެ ގުލްދަސްތާއެކެވެ.

މާމެލާމެއްޔަކީ އޭގައި ފުން މާނައެއް ފޮރުވިފައިވާ އެއްޗަކަށްވާއިރު، އެކި މުނާސަބަތާ ގުޅެނީ އެކި ވައްތަރުގެ މަލެވެ. މީހަކަށް ހަދިޔާއަކަށް މަލެއް ދޭއިރު އޭގައި އެކުލެވޭ މާނަ އެނގުން މުހިއްމެވެ. ނޫނީ ދޭން ބޭނުންވާ މެސެޖް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ނުދެވިދާނެ އެވެ.

ކާނޭޝަން: ރަތްކުލައިގެ ކާނޭޝަން މަލުން ބުނެދެނީ ލޯތްބެވެ. ލޯބިވާ މީހަކަށް ހަދިޔާއެއްގެ ގޮތުގައި ރަތް ކާނޭޝަން މަލެއް ދޭށެވެ. ފިޔާތޮށި ކުލައިގެ ކާނޭޝަން އެއް މަންމައަށް ނޫނީ ދައްތަ އަކަށް ދޭށެވެ. އޭގެން ބުނެދެނީ ތިމާގެ ހަޔާތުގައި މުހިއްމު ރޯލެއް ކުޅެދޭ އަންހެނަކަށް ޝުކުރުވެރިވަ ވާހަކަ އެވެ.

ފިނިފެންމާ: މީހަކަށް މަލެއްދޭ ނަމަ އެންމެ ގިނައިން ދޭތަން ފެންނާނީ ފިނިފެންމަލެވެ. އެކި ކުލަ ކުލައިގެ ފިނިފެންމަލުގައި އެކި މާނަ އެކުލެވޭ އިރު، ރަތް ފިނިފެންމަލުން ބުނެދެނީ ލޯތްބެވެ. އޭގައި ވަރަށް ފުން މާނަ އެކުލެވޭކަމަށްވެ އެވެ.

ގަދަ ރަތްކުލައިގެ މަލުގައި ލޯބީގެ މިންވަރު އިތުރުވާކަމަށްވެ އެވެ. ތިމާ ލޯބިވާ ފަރާތަށް 12 ރަތް ފިނިފެންމާ ދޭށެވެ. އޭގެ މާނައަކީ "އަހަރެންގެ މީހަކަށް ވާށޭ" އެވެ.

ހުދު ފިނިފެންލުގެ މާނަ އަކީ އާ ފެށުމެވެ. ކައިވެނި ޕާޓީތަކުގައި ހުދު ފިނިފެންމާ ބޭނުންކުރަނީ މިހެންވެ އެވެ. މީގެ އިތުރުން އާ ގެއަކަށް ބަދަލުވާ ބަޔަކަށް ހުދު ފިނިފެންމާ ހަދިޔާ ކުރާށެވެ.

ރީނދޫ ކުލައިގެ ފިނިފެންމަލުން ބުނެދެނީ އެކުވެރިކަމެވެ. ގާތް އެކުވެރިންގެ އުފަންދުވަހާއި އެމީހުންނާއި ގުޅުންހުރި މުނާސަބާތަކުގައި ރީނދޫ ފިނިފެންމަލެއް ހަދިޔާ ކުރާށެވެ.

ފިޔާތޮށި ފިނިގެންމަލުން ބުނެދެނީ އަނެކާ ކޮށްދޭ ކަންތައް ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރެވި ވާކަމެވެ.

އެކި ކުލަކުލައިގެ ފިނިފެންމަލުގެ ބޮކޭ އެއްގައި ވެސް މާނަ އެކުލެވެ އެވެ. ރަތް އަދި ހުދު ފިނިފެންމަލުގެ ބޮކޭއަކުން ބުނެދެވެނީ ވަރަށް ލޯބިވާ ވާހަކަ އެވެ.

ޓިއުލިޕް: ޓިއުލިޕް އިންވެސް ބުނެދެނީ ލޯބިވާ ވާހަކަ އެވެ. ހަމައެކަނި ލޯބިވެރިންނަކަށް ނޫނެވެ. އާއިލާ އާއި އެކުވެރިންގެ މެދުގައި ވެސް ޓިއުލިޕް މަޤްބޫލެވެ.

ސަންފްލާވާރ: ހަޔާތަށް އުފާވެރިކަމާއި އުޖާލާކަން އަދި ރޯޝަން ގެނެސްދޭ ފަރާތްތަކަށް ހަދިޔާ ކުރެވެ އެވެ.

ލިލީ: ބަލިވެ އުޅޭ ރަހުމަތްތެރިއަކަށް ޒިޔާރަތްކުރާއިރު ލިލީ މަލުގެ ބޮކޭއެއް ގެންގޮސްދޭށެވެ. އޭގެން ބުނެދެނީ އަނެކާއަށް ހަމްދަރުދީވާ ވާހަކަ އެވެ. މީގެ އިތުރުން އިންސާނިއްޔަތު ކަމަކީ ވެސް ލިލީމަލުގައި އެކުލެވޭ މާނައެކެވެ. އަލަށް މަންމައިންނަށް ވާ ފަރާތްތަކަށާއި އަލަށް ކައިވެންޏެއް ކުރަންއުޅޭ ފަރާތްތަކަށް ވެސް ލިލީ ދެވިދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު