ބްރިޖްގެ މަސައްކަތް ތާރީހަށް ނިންމާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ތަކުރާރުކޮށްދީފި: މުއިއްޒު

މާލެ-ހުޅުމާލެ ބުރިޖްގެ މަސައްކަތް މިދިޔަ މަހު ނޫސްވެރިންނަށް ދެއްކުން: ބުރިޖްގެ މަސައްކަތް ތާރީހަށް ނިމޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފައިވާ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް"ގެ މަސައްކަތް ކަނޑައަޅާފައި ތާރީޚަށް ނިންމާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ތަކުރާރުކޮށް ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ކަނޑައެޅިފައިވާ ތާރީހަށް ބުރިޖްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ވަނީ ދީފައި،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ - މާލެ ބުރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން މިދިޔަ މަހު ބުނެފައި ވަނީ މަސައްކަތުގެ 67 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަަސައްކަތް ނިންމުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26 އަށެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް