އިދިކޮޅު ބޮޑު ޖަލްސާއަށް މަގޫދުއަށް ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއަށް ބިލެއްދޫން ފަތާފަ ދިޔަ މީހުން މަގޫދުއަށް އަރަނީ : ފަތާފަ ދަނިކޮށް އެކަކު ވަނީ މަރުވެފައި --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ސިޔާސީ ޕާޓީތަކުން ފ. މަގޫދޫގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް އެ އަތޮޅު ބިލެއްދޫއިން ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެމީހާ ބިލެއްދުއާ މަގޫދުއާ މެދާ ހަމައަށް ފަތާފައި ދެވުނު ތަނުން ހޮޑުލައި ގައިން ވަރު ދޫވުމުން ލޯންޗަކަށް ލައިގެން ބިލެއްދު އަށް ވަނީ ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ ބިލެއްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުންނެވެ.

ފަތާފައި ދަނިކޮށް މަރުވެފައި ވަނީ ބިލެއްދޫ، ސާމަރާމަންޒިލް، އިބްރާހިމް ނާހިދު އެވެ. އޭނާއަކީ ފާނައިގެ މަސްވެރިކަން ކޮށް އުޅޭ މީހެއް ކަން އެނގިފައިވެ އެވެ.

ބިލެއްދޫއިން މަގޫދޫ ބޮޑު ޖަލްސާއަށް 50 މީހަކު ވަނީ ފަތާފައި ގޮސްފަ އެވެ.

comment ކޮމެންޓް