މަނަދޫ ބަލިކޮށް، ސެމީގެ ފުރަތަމަ ޖާގަ މިލަދޫން ހޯދައިފި

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ފުރަތަމަ މެޗުގައި މިލަދުއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 3-1 ލަނޑުން ---

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަނަދޫ ބަލިކޮށް، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ މިލަދޫން ހޯދައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މަނަދޫގެ މައްޗަށް މިލަދޫން ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގައި ޖެހި ލަނޑުތައް ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި މަނަދުއަށް އަހްމަދު ސާނިހު ހޯދައިދިން ނަމަވަސް، މިލަދޫން ވަނީ ތިން ލަނޑު ޖަހައި ފަހަތުން އަރައި މޮޅުވެފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ފުރަތަމަ މެޗުގައި މިލަދުއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 3-1 ލަނޑުން ---

އެ މެޗުގެ 69 ވަނަ މިނެޓުގައި މިލަދުއަށް އާދަމް ނަޝާތު ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 73 ވަނަ މިނެޓުގައި އަލީ ފަރީދު ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި މިލަދޫގެ ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މައުރޫފެވެ.

އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދުއާއި ކުޑަފަރީ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ކުއާޓާގެ ފުރަތަމަ މެޗުގައި މިލަދުއާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 3-1 ލަނޑުން ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.

comment ކޮމެންޓް