އޯރިއޯ ގޯ: ބަޖެޓް ފޯނުތަކަށް ހާއްސަ

އަގުބޮޑު ފޯނުތައް ނުގެންގުޅެވޭ ފެންވަރުގެ މީހުންނަށް ހާއްސަކޮށްގެން އޯރިއޯ ގޯ ތައާރަފްކޮށްފިއެވެ. މިއީ ބަޖެޓް ފޯނުތަކަށް ހާއްސަކޮށްގެން ގޫގުލް އިން ތައާރަފްކުރި އޮޕަރޭޓިން ސިސްޓަމް އެކެވެ.

ގޫގުލް އިން ބުނީ އޯރިއޯ ގޯ އާންމުންނަށް ދޫކޮށްލާނީ އެންޑްރޮއިޑް 8.1 އާއެކު ކަމަށެވެ. ގޫގުލް އިން ވަނީ އެންމެ މަގުބޫލު އެޕްލިކޭޝަންތަކުގެ ލައިޓް ވާޝަން ތައާރަފްކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ޔޫޓިއުބް ގޯ، ޖީމެއިލް ގޯ އަދި ގޫގުލް މެޕްސް ގޯ ހިމެނެއެވެ. މީގެ އިތުރުން މިފަދަ ލައިޓް ވާޝަންތައް ފާހަގަކުރެވޭ ޕްލޭ ސްޓޯރެއްވެސް ގޫގުލް އިން ވަނީ ތައާރަފްކޮށްފައެވެ.

ކުރިއަރަމުން އަންނަ މާކެޓްތަކަށް ހާއްސަ އެޕްލިކޭޝަންތައް ގޫގުލް އިން ތައާރަފްކުރަމުން އަންނަ އިރު އެމެރިކާއަށްވުރެ އިންޑިއާގައި އެންޑްރޮއިޑް ފޯނުތައް ބޭނުން ކުރާ މީހުންގެ އަދަދު ގިނައެވެ.

"ގޯ" ގެ ދަށުން އަންނަ އެޕްލިކޭޝަންތަކަކީ މެމޮރީ ކުޑަ ފޯނުތަކަށް ހާއްސަކޮށްގެން ނެރޭ އެޕްލިކޭޝަން ތަކެކެވެ.

comment ކޮމެންޓް