ސިމް-ފްރީ އައިފޯން އެކްސްއެއް އެޕަލް އިން ތައާރަފްކޮށްފި

އައިފޯން އެކްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުކޮށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން، ސިމް ލައްވަން ނުޖެހޭ އައިޕޯން އެކްސްއެއް އެޕަލް އިން ތައާރަފްކޮށްފިއެވެ.

މި ފޯނަކީ އަންލޮކް ކޮށްފައިވާ ފޯނެއް ކަމަށާއި ޖީއެސްއެމް އަދި ސީޑީއެމްއޭ ނެޓްވޯކްތަކުގައި ބޭނުންކުރެވޭނެ ފޯނެއް ކަމަށް ހަބަރުތައް ބުނެއެވެ.

މި ފޯނު މިހާރު އެޕަލްގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. މިއީ ސިމްއަކާ ނުލާ ކޮންމެ ނެޓްވޯކެއްގައިވެސް ބޭނުންކުރެވޭނެ ފޯނެކެވެ.

comment ކޮމެންޓް