މައިންބަފައިންނަށް ކޮންޓްރޯލް ކުރެވޭގޮތަށް މެސެންޖާ ކިޑްސް ތައާރަފްކޮށްފި

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން "މެސެންޖާ ކިޑްސް" --

މައިންބަފައިންނަށް ކޮންޓްރޯލްކުރެވޭ ގޮތަށް ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާގެ ވަސީލަތް ކަމަށްވާ ފޭސްބުކް "މެސެންޖާ ކިޑްސް" ތައާރަފްކޮށްފިއެވެ.

އިއްޔެ ތައާރަފްކުރި މެސެންޖާ ކިޑްސް އަކީ 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ސަލާމަތީ ކަންކަމާއެކު ނެރެފައިވާ އެޕްލިކޭޝަނެކެވެ.

މެސެންޖާ ކިޑްސް އެޕްލިކޭޝަން ބޭނުން ކުރެވޭނީ ބެލެނިވެރިންގެ ފޭސްބުކް އެކައުންޓު ބޭނުންކޮށްގެންނެވެ. އެ އެޕްލިކޭޝަނުން ކުދިން ވާހަކަ ދައްކާ މީހުން ބެލޭނެއެވެ. އަދި ރައްޓެހިންގެ ގޮތުގައި މެސެންޖާއަށް މީހުން ލުމުގެ ބާރު ލިބިގެންވަނީ ބެލެނިވެރިޔާއަށެވެ.

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން "މެސެންޖާ ކިޑްސް" --

ފޭސްބުކްގެ ހެޑް އޮފް މެސެންޖާ ޑޭވިޑް މާކަސް ވިދާޅުވީ، އެ އެޕްލިކޭޝަން އުފެއްދުމުގެ ބޭނުމަކީ ކުޑަކުދިންނަށްވެސް އާއިލީ ގުރޫޕު ތަކާ ދުރުގައި އުޅޭ ރައްޓެހި ތިމާގެ މީހުންނާ ފަސޭހަކޮށް ވާހަކަދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށެވެ.

ޑޭވިޑް ވިދާޅުވީ، އެ އެޕްލިކޭޝަން ގެ ޚާއްސަ ކަންކަމުގެ ތެރޭގައި ކުޑަކުދިންނާ ނުގުޅޭ ޒާތުގެ ވީޑިއޯ އަދި ފޮޓޯ ބްލޮކް ކުރުން ހިމެނޭ ކަމަށެވެ. އަދި އޭގައި ހުންނަ ސްޓިކާ އާއި ފިލްޓާ ތަކަކީ ކުޑަކުދިންނާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗިހި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން "މެސެންޖާ ކިޑްސް" --

ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެ އެޕްލިކޭޝަނަށް ބެލެނިވެރިޔާގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންވެއެވެ. އަދި ކުދިންގެ ސަލާމަތަށްޓަކައި ފޭސްބުކުން ސާޗްކޮށްގެން އެ ކުދިންގެ މެސެންޖާ އައިޑީ ނުފެންނާނެއެވެ.

އެ އެޕްލިކޭޝަން ބޭނުންކޮށްގެން ކުޑަކުދިން އަލަށް ރައްޓެއްސަކާ ވާހަކަދައްކަން ބޭނުންވި ނަމަވެސް ބެލެނިވެރިޔާގެ ފޭސްބުކް އެކަންއުންޓް މެދުވެރިކޮށްގެން ނޫނީ ކުދިންނަށް އެ ފުރުސަތު ލިބިގެންނުވާކަމަށް މެސެންޖާގެ ހެޑް ޑޭވިޑް ވިދާޅުވިއެވެ.

ކުޑަކުދިންނާ ގުޅޭގޮތަށް އިތުރަށް އެ އެޕްލިކޭޝަން ފުރިހަމަކުރުމަށް ޚާއްސަ ޓީމެއް ހަރަކާތްތެރިވާ ކަމަށް ފޭސްބުކުން ބުންޏެވެ.

ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން "މެސެންޖާ ކިޑްސް" --

އެ އެޕްލިކޭޝަން އައިއޯއެސް ގެ ފޯނުތަކަށް މިހާރު ލިބެއެވެ. އެންޑްރޮއިޑްގެ ފޯނުތަކަށް އެ އެޕްލިކޭޝަން އަވަސް ތާރީޚޭއްގައި ލިބޭނެ ކަމަށް ފޭސްބުކު އިން ބުންޏެވެ.

comment ކޮމެންޓް